އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް އަޅަނީ

1 week ago

އިބްރާހިމް ޢަލީ

ހިޔާ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ވާއިރަށް، އެތަނުގައި ދިރިއުޅޭ މީހުންނަށް ނަމާދު ކުރެވޭނެ ގޮތަށް ވަގުތީ މިސްކިތެއް އަޅަން ނިންމާފައިވާ ކަމަުގެ މަޢުލޫމާތި ލިބިއްޖެ އެވެ.

ހިޔާ ފްލެޓްތަކުގެ މަސައްކަތް ނިމި، އަންނަ އަހަރުގެ ފެބްރުއަރީގައި މީހުން އާބާދުވާން ފަށާނެ ކަމަށް ލަފާކޮށްފައިވުމާއެކު، ވަގުތީ މިސްކިތުގެ މަސައްކަތް ވެސް އެހިސާބަށް ނިންމާލެވޭނެ ކަމަށް މަޢުލޫމާތި ލިބެއެވެ. މީގެ އިތުރުން އަމިއްލަ ތިން ފަރާތަކުން ދެވަނަފިޔަވަހީގައި މިސްކިއްތަކެއް އަޅާކަމުގެ މަޢުލޫމާތު ލިބެއެވެ. އޭގެ ތެރެއިން އެއް މިސްކިތުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެެވެ. އެއީ ދެ ފަންގިފިލާގެ މިސްކިތެކެވެ.

މީގެ އިތުރުން އަމިއްލަ ދެ ފަރާތަކުން އަދި އިތުރު ދެ މިސްކިތް އަޅަން ހުށަހަޅާފައިވާ ކަމާއި އެއީ ގާތްގަނޑަކަށް 2،000 މީހުންގެ ޖާގަ ހިމެނޭ މިސްކިތަކާއި 1،400 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.

ކިޔުންތެރިންގެ ހިޔާލު