އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކޮވިޑާއި ގުޅިގެން ބަންދު ކުރި ބައެއް ގެސްޓުހައުސްތައް މިއަދު އަލުން ހުޅުވައިފި

1 week ago

އިބްރާހިމް ޢަލީ

ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައި ހުރި ބައެއް ގެސްޓްހައުސްތައް ފަތުރުވެރިންނަށް ހުޅުވާލައިފިއެވެ.


ޖުމްލަ 625 އެނދާއެކު ގެސްޓުހައުސް ވިޔަފާރި އަލުން ފެށިއިރު، ގެސްޓުހައުސް ހުޅުވުމުގެ ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ވަކި މިންގަނޑަކަށް ފެތޭ ރަށްރަށާއި ގެސްޓުހައުސް ތަކަށެވެ.


މިހާތަނަށް ހުއްދަ ދިން ނުވަ ރަށުގެ ތެރޭގައި ހިމެނެނީ މާފުށީގެ އިތުރުން ހދ. ހަނިމާދޫ، ށ. ނަރުދޫ، ނ. ފޮއްދޫ، ކ. ހުރާ،އއ. މަތިވެރި، ވ. ތިނަދޫ، އަދި ވ. ފުލިދޫގެ އިތުރުން ތ. ގާދިއްފުއްޓެވެ.


ގެސްޓްހައުސްތައް އަލުން ހުޅުވުން ފާހަގަ ކުރުމަށް ކ. މާފުށީގައި މިއަދު ވަނީ ހާއްސަ ހަރަކާތެއް ބާއްވައިފައެވެ. މި ހަރަކާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ބައިވެރިވެވަޑައިގެން ފަތުރުވެރިންނަށް މަރުހަބާ ދަންނަވާފައިވެއެވެ.


ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން މިހާތަނަށް އައިސްފައި ވަނީ 22،000 ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ. 

ކިޔުންތެރިންގެ ހިޔާލު