އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ދެން ހުށަހަޅަން ޖެހޭނީ 96 ގަޑިއިރު ހަމަނުވާ ޓެސްޓެއްގެ ނަތީޖާ - ޓުވަރިޒަމް މިނިސްޓްރީ

1 week ago

އިބްރާހިމް ޢަލީ

ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް ދެން ހުށަހަޅަން ޖެހޭނީ، 96 ގަޑިއިރު ހަމަނުވާ ކޮވިޑް19 ނެގެޓިވް ޓެސްޓު ރިޒަލްޓް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.


ޓްއަރިޒަމް މިނިސްޓްރީން ރޭ ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް 72 ގަޑިއިރު ހަމަނުވާ ކޮވިޑް-19 ޓެސްޓެއްގެ ނަތީޖާ ހުށަހަޅަން ޖެހޭ ގޮތައް އޮތްނަމަވެސް މިހާރު އޭގެ ބަދަލުގައި ހުށަހަޅަން ޖެހޭނީ 96 ގަޑިއިރު ހަމަނުވާ ޓެސްޓެއްގެ ނަތީޖާ ކަމަށެވެ.


ޖުލައި މަހު ރާއްޖޭގެ ބޯޑަރު ފުރަތަމަ ހުޅުވާލިއިރު ރާއްޖެ އައުމުގެ ކުރިން ކޮވިޑް-19 އަށް އެއްވެސް މީހަކު ޓެސްޓް ކުރާކަށް ނުޖެހެއެވެ. ނަމަވެސް ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އައުމަށް ފަހުން ކޮވިޑް-19 އަށް ފައްސިވަމުން ދާތީ ފަހުން ވަނީ އުސޫލު ބަދަލު ކޮށްފައެވެ.


ބޯޑަރު ހުޅުވާލައި ޖުލައި މަހުގެ ތެރޭގައި ރާއްޖެ އައިސްފައިވަނީ 1،752 ފަތުރުވެރިންނެވެ. އޯގަސްޓު މަހުގައި 7،628 ފަތުރުވެރިން ރާއްޖެ އައި އިރު މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް 9،538 ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި މި މަހުގެ ފުރަތަމަ ފަސް ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ވަނީ 3،140 ފަތުރުވެރިން އައިސްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު