އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އިވަންދޫގައި އަލަށް އިމާރާތްކުރާ ފެނަކައިގެ އޮފީހުގެ ބިންގާ އަޅައިފި

1 week ago

އިބްރާހިމް ޢަލީ

ހއ. އިވަންދޫގައި އަލަށް އިމާރާތްކުރާ ފެނަކައިގެ އޮފީސް އިމާރާތުގެ ބިންގާއަޅައިފި އެވެ.

އިހަވަންދޫގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

ހއ. އިހަވަންދޫގައި އަލަށް އިމާރާތް ކުރާ ފެނަކަ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ އޯޝަން ގޭޓްސް ޕްރައިވެޓް ލިމިޓެޑް އާއެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މި އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެ މަސައްކަތައް ހޭދަވާނެ ކަމަށް ލަފާކޮށްފައިވަނީ 260 ދުވަހެވެ. މި އިމާރާތް އެޅުމަށް ހަމަޖެހިފައިވަނީ މިހާރު އިންޖީނުގެ ހުރި ސަރަހައްދުން ހުޅަނގު އުތުރު ކަންމަތިން އާމިނާދިޔޯ ހެލްތް ސެންޓަރުގެ ކުރިމައްޗަށްވާ ގޮތަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދެވެ. އަދި އޯޝަން ގޭޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުސްތަފާ އެވެ.

މި ޢިމާރާތަކީ ދެ ބުރިއަށް ހަދާ އިމާރާތަކެވެ. އެއިމާރާތުގައި މީޓިން ރޫމަކާއި ރިސެޕްޝަނެއް ހިމެނޭއިރު ރެސްޓް ރޫމަކާއި ލޮބީ އޭރިއާއެއްގެ އިތުރުން ޓެރެސްއެއް ވެސް ހިމެނެއެވެ.މި އިމާރާތުގައި 40 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެކަމަށް މަޢުލޫމާތު ލިބެއެވެ.ކިޔުންތެރިންގެ ހިޔާލު