އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ޓްރަމްޕް ކޮވިޑް-19 އިން ރަނގަޅު ވެފައިވާކަން ވައިޓް ހައުސް އިން އިއުލާނުކޮށްފި

3 months ago

އިބްރާހިމް ޢަލީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އިން ރަނގަޅު ވެފައިވާކަން ވައިޓް ހައުސް އިން އިއުލާނުކޮށްފިއެވެ.

ޓްރަމްޕް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، މި ބަލިމަޑުކަން ފެތުރޭތީ އެކުލަވާލާފައިވާ ރައްކާތެރިކަމުގެ އުސޫލުތަކާއި ޚިލާފަށް އުޅެނިކޮށެވެ. އޭނާ ބައްޔަށް ފައްސިވެފައިވާކަން އެނގުނީ އޭނާގެ އިސް އެހީތެރިއަކު މިބައްޔަށް ޕޮޒިޓިވްވުމުން ހެދި ޓެސްޓަކުންނެވެ. 


ޓްރަމްޕް އަށް ކޮވިޑް-19 ޖެހުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ބައްޔަށް ޕޮޒިޓިވް ވެފައިވާކަން ވައިޓް ހައުސް އިން އިއުލާނުކޮށްފައި މިވަނީ، ބަލިން ރަނގަޅުވެއްޖެ ކަމަށާއި ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވުމަށް ތައްޔާރަށް ހުރިކަން އޭނާ ހާމަކޮށްފައި ވަނިކޮށެވެ.


ވައިޓް ހައުސް އިން ޓްރަމްޕްގެ ފިޒީޝަންގެ ބަޔާން ނެރެފައި މިވަނީ، ފްލޮރިޑާގައި ކުރިޔަށްދާ ޓްރަމްޕްގެ ކެމްޕެއިން ހަރަކާތެއް ފަށަން ކައިރިވެފައި ވަނިކޮށްވެސް މެއެވެ. އެހެންކަމުން އެ ހަރަކާތުންނާއި ކުރިޔަށް ހުރި ކެމްޕެއިން އެކިއެކި ހަރަކާތްތަކުން ޓްރަމްޕް ފެންނާނެ ކަމަށް ބެލެވެއެވެ.


ވައިޓް ހައުސްގެ ތަރުޖަމާނު، ކޭލިގް މެކަނީ މިކަން ހާމަކޮށް ކުރެއްވި ޓްވީޓެއްގައި ވަނީ، ޓްރަމްޕްގެ ފިޒީޝަންގެ ބަޔާނެއް އާންމުކުރައްވާފައެވެ. އެ ބަޔާނުގައި ޑރ. ޝޯން ކޮންލޭ ވިދާޅުވެފައި ވަނީ ޓްރަމްޕް ކޮވިޑް-19 އަށް ނައްސިވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު ޓްރަމްޕްގެ ފަރާތުން އެހެން މީހުންނަށް ބަލި ނުފެތުރޭނެ ކަމަށް އެ ބަޔާނުގައި ކޮންލޭ ވިދާޅުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު