އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ބްރިޖުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

1 week ago

އިބްރާހިމް ޢަލީ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއު އަށް އިންޑިއާ ސަރުކާރުން ރާއްޖެ އަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާގެ ޕެކޭޖް) ދިނުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ އެގްޒިމް ބޭންކްގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދް އަދި ޗީފް މެނޭޖަރު ހަރީޝް ކުމާރެވެ.

ބްރިޖުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުރިއަށްގެންދެވޭ އިންފްރާސްޓްރަކްޗަރގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓްކަމަށެވެ. އަދި ކޯވިޑް19 ގެ ސަބަބުން ފަތުރުވެރިކަމަށް ދިމާވި ހީނަރުކަމުގެ ސަބަބުން މިއަހަރު ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އަދަދު 50 އިންސައްތަ ދަށްވެ، ރާއްޖޭގެ ތަރައްޤީގެ ބައެއް ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް އިޤްތިސާދީ ހަރަކާތްތައް ފަށައިގަންނަން ޖެހިފައިވާކަމަށާއި، މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އިޤްތިޞާދު އަލުން ކޮޅަށްޖެހުމަށް ފަށައިގަނެވޭ ވަރަށް މުހިންމު މަޝްރޫޢެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ކަނެކްޓިވިޓީގެ އެންމެ ބޮޑު ޕްރޮޖެކްޓްގައި އިންޑިއާއިން ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ އެގައުމަށް ލިބޭ އުފަލެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު