އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މީރާއަށް މަހު ލިބުނު އާމްދަނީ ދަށްވެއްޖެ

1 week ago

އިބްރާހިމް ޢަލީ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ މަހު ލިބުނު އާމްދަނީ ދައްވެއްޖެ އެވެ. އެގޮތުން ކުރީމަހާ އަޅަބަލާއިރު އާމްދަނީންވަނީ 30.9 ޕަސަންޓު ދަށްވެފައެވެ.

މީރާއިން ބުނީ އާމްދަނީ ދަށްވެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިކަން ވަރަށް ބޮޑަށް މަޑުޖެހުމާއެކު އެ ދާއިރާގެ ޓެކްސް މަދުވުމުން ކަމަށެވެ.

އޭގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓު ދެއްކުމުގެ ސުންގަޑި އިތުރު ކުރުމުން ވެސް އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް މީރާއިން މައުލޫމާތު ދެއެވެ.

ނިމުނު ސެޕްޓެމްބަރު މަހު މީރާއަށް ލިބިފައި ވަނީ 834.04 މިލިއަން ރުފިޔާ އެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު 30.9 ޕަސަންޓު މަދު އަދަދެކެވެ.

ތަފާސްހިސާބަށް ބަލާއިރު ސެޕްޓެމްބަރު މަހު މީރާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކްސްގެ ގޮތުގަ އެވެ. އެއީ 385.57 މިލިއަން ރުފިޔާ އެވެ. އެއީ އެ މަހުގެ ޖުމްލަ އާމްދަނީގެ 45.7 ޕަސަންޓެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީންނެވެ. އެގޮތުން ސެޕްޓެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި ލިބުނު 217.16 މިލިއަން ރުފިޔާއަކީ ޖުމްލަ އާމްދަނީގެ 25.8 ޕަސަންޓެވެ. 

ކިޔުންތެރިންގެ ހިޔާލު