އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ކައުނުގައިވާ ފުރިހަމަ ނިޒާމް

2 years ago

އިބްރާހިމް ނާޒިމް

މި ކައުނުގައިވާ އެތަކެއް ބިލިޔަން ތަރިއާއި ގެލެކްސީތައް ދަތުރުކޮށް އެނބުރެމުން މި ދަނީ އެތަކެއްޗަށް ކަނޑައެޅިފައިވާ ހަމަތަކެއްގެމަތިން އެކަމަށް ކަނޑައެޅިފައިވާ ވަކި މަގުތަކެއްގައެވެ. ތަރިތަކާއި ޕްލެނެޓްތައް އަދި އެނޫންވެސް އެތަކެއްޗާ ގުޅުންހުރި އެންމެހާ ސެޓްލައިޓްތައް ހިމެނޭގޮތުން މުޅި ސިސްޓަމް ބުރުޖަހަމުން މިދަނީ އެތަކެތީގެ ނާރެހުގައެވެ. ފަޒާގެތެރޭގައިވާ އެތަކެއް ބިލިޔަން ޖެލެކްސީތަކުގެ ތެރެއިން ކޮންމެ ގެލެކްސީއެއްގައި 200 އާއި 300 ބިލިޔަނާ ދެމެދުގެ އަދަދަކަށް ތަރިއެކުލެވެ އެވެ. މިފަދަ ބިޔަ ސިސްޓަމްތައް ބާރު ސްޕީޑްގައި ފަޒާގައި ދަތުރުކުރަމުންދާ ދިޔުމުގައި އެކަތި އަނެކަތި ދަތުރުކުރާ މަގު ހުރަސްކުރަމުންދަނީ މަދެއްކޮށްނޫނެވެ. އެކަމަކު ޙައިރާންވާންޖެހޭ ކަމަކީ މިތަކެތި އެކަތި އަނެކައްޗާޖެހި ފުށުއެރުން ފަދަ ހާދިސާއެއް ހިނގާފައި ނުވާތީ. އަދި ކައުނުގައި އެކުލެވޭ ފުރިހަމަ ނިޒާމަށް ބުރޫއަރާފާނެ އެއްވެސްކަމެއް މިގޮތުން ނުހިނގާތީ އެވެ. މިކަމަކީ އިންސާނުން އެކަމާ ފިކުރުކޮށް އަންތަރީސްވާން ޖެހޭ ވަރުގެ ބޮޑު އަޖާއިބެކެވެ.


ޤުރުއާނުގެ މުލްކް ސޫރަތުގައި ﷲ އަންގަވާފައިވަނީ: "އެކަލާނގެއީ މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެ އެވެ. ރަޙުމާންވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާއަކަށް ނުފެންނާނެތެވެ. ފަހެ، ތަކުރާރުކޮށް ނަޡަރުހިންގައި ބަލާށެވެ! އެއްވެސް ހަކަލަ ޚަލަލެއް ތިބާއަށް ފެނޭހެއްޔެވެ؟" "ދެންވެސް ތަކުރާރުކޮށް ދެފަހަރަށް ނަޡަރުހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި (ތިބާގެ) ނަޡަރު އެނބުރި ތިބާގެ ގާތަށް އަންނަހުއްޓެވެ." (ސޫރަތުލްމުލްކް 3-4)


ދުނިޔޭގައި ދަތުރުކުރާ ތަކެތީގެ ދުވެލީގެ މިންގަނޑުތަކާ އަޅާބަލާއިރު ކައުނުގައި ތަކެތި ދަތުރުކުރާ ބާރުމިން އެތަކެއް ހާސްގުނަ އިތުރުވެގެންވެ އެވެ. ތަރިތަކާ ޕްލެނެޓްތައް އަދި ގެލެކްސީތަކާއި އެއާއި ގުޅިފައިވާ އެހެނިހެން ބައިތައް ހިސާބުކޮށް އެތަކެތީގެ ބަރުދަން ވަޒަންކޮށްލުމަކީ ކުޅަދާނަ ހިސާބު ޢިލްމްވެރިންނަށް ނޫނީ ކުރެވޭނެކަމެއް ނޫނެވެ. އެތަކެއް ޓްރިލިޔަން ޓްރިލިޔަން ޓަނުގެ ބަރުދަން އެކުލެވޭ ބޮޑެތި ގެލެކްސީތައް ފަޒާގެ ތެރެއިން ދަތުކޮށްފައި ދަނީ ޙައިރާންވާންޖެހޭ ފަދަ ބާރު މިނެއްގައެވެ.


މިސާލެއް ބަޔާންކުރާނަމަ، އިންސާނުން ދިރިއުޅޭ މި ދުނިޔެ ފަޒާގެ ތެރޭގައި އެނބުރޭ ބާރުމިނަކީ ގަޑިއަކު 1670 ކިލޯމީޓަރު ކަމުގައިވާއިރު، ފިސްތޯލައަކުން ފޮނުވާލާ ވަޒަނެއް އެނބުރެމުން ދަނީ ގަޑިއަކު 1800 ކިލޯމީޓަރު ބާރުމިނުގައެވެ. މިހެންކަމުން ކުޑަކުޑަ ވަޒަނަކާ އަޅާބަލާއިރު ދުނިޔޭގެ ބޮޑުމިނާ ބަރުދަން އެތަކެއް ލައްކަގުނަ އިރުވިކަމުގައި ވިޔަސް ދުނިޔެ މި އެނބުރޭ ބާރުމިނަކީ ވިސްނާ ބަޔަކު އަޖާއިބުކުރުވާ މިންވަރެކެވެ.


އިރު ވަށާ ދުނިޔެ އޭގެ ނާރެހުގައި ދަތުރުކޮށްފައިދާ ބާރުމިނަކީ ފިސްތޯލައިގެ ވަޒަނަކާ އަޅާބަލާއިރު 60 ގުނަ އިތުރު މިންވަރެކެވެ. ދުނިޔެ ދަތުރުކުރަނީ ގަޑިއަކު 108،000 (އެއްލައްކަ އަށްހާސް) ކިލޯމީޓަރު ބާރުމިނުގައެވެ. މި ސްޕީޑްގައި ދަތުރުކުރާ އުޅަނދެއް އިންސާނުންނަށް އުފެއްދިއްޖެނަމަ 22 މިނެޓުން ދުނިޔެ ވަށާ ބުރެއް އަޅާލެވޭނެ އެވެ. ބަޔާންވެދިޔަ މިންގަނޑުތައް ކަނޑައަޅާލެވިފައި މިވަނީ ހަމައެކަނި ދުނިޔެއާއި އަޅާބަލައިގެންނެވެ.


ގެލެކްސީގެ ތެރޭގައި ސޯލާ ސިސްޓަމް ދަތުރުކުރާ ބާރުމިން އެނގުމުން އަދި މިއަށްވުރެ އަންތަރީސްކުރުވައެވެ. އެހެނީ އެ ބާރުމިނަކީ ބަލައިގަތުމަށް ފަސޭހަ މިންވަރެއްކަމުގައި ނުވާކަމުންނެވެ. ގެލެކްސީ ވަށާ ސޯލާ ސިސްޓަމް ދަތުރުކުރަނީ ގަޑިއަކު 720،000 (ހަތްލައްކަ ވިހިހާސް) ކިލޯމީޓަރު ބާރުމިނުގައެވެ. މިކަމުން އެނގުނީ ކައުނުގައިވާ ސިސްޓަމްތައް ބޮޑެތިވީ ވަރަކަށް އޭގެ ދުވެލި ބާރުވާކަމެވެ. އިންސާނުން މި ދިރިއުޅޭ ބިމާއި، އިރުގެ ނިޒާމްގައިވާ ޕްލެނެޓްތައް ނުވަތަ ސޯލާ ސިސްޓަމް ހިމެނެނީ މިލްކީވޭ ގެލެކްސީގައެވެ. މި ގެލެކްސީގައި 200 ބިލިޔަން ތަރި ވާކަމަށް އަންދާޒާކުރެވިފައިވެއެވެ. މިލްކީވޭ ގެލެކްސީ ފަޒާގެ ތެރޭގައި ދަތުރުކުރަނީ ގަޑިއަކު 950،000 (ނުވަލައްކަ ފަންސާސްހާސް) ކިލޯމީޓަރު ބާރުމިނުގައެވެ.


މި ބަޔާންވެދިޔަ ފަދަ ބާރުމިނުގައި ދަތުރުކުރާ 10 ބިލިޔަނަށްވުރެ ގިނަ ގެލެކްސީ ކައުނުގައިވާކަމުން އެކަތި އަނެކައްޗާ ޖެހި މުޑިއެރުން އޮންނާނީ ވަރަށް ގާތުގައިކަން ޔަޤީނެވެ. ނަމަވެސް މިބާވަތުގެ އެއްވެސް ކަމެއް ނުހިނގަ އެވެ. އެނބުރުމުގެ އެތަކެއް ތަފާތު ޙަރަކާތްތަކެއްގެ ތެރޭގައި ތިބި އިންސާނުންނަށް އެކަން އިޙުސާސް ވެސް ނުކުރެވޭފަދަ އެވެ. މި އެންމެހާކަމެއްގެ އަސްލު ސަބަބަކީ ޢާލަމްތަކުގެ ވެރި ﷲ ކައުނުގައި އެކަށައަޅުއްވާފައިވާ ނިޒާމްގެ ފުރިހަމަކަމެވެ. މި ޙަޤީޤަތް އަންގަވާ ބަޔާންވެދިޔަ އާޔަތުގައި އެވަނީ ކައުނުގައި އެކަލާނގެ އުފެއްދެވި ނިޒާމުގައި އުނިކަމެއް ނުވާނެކަމެވެ. އިންސާނުން އުނިކަމެއް ފެނޭތޯ އުޅުނުކަމުގައި ވިޔަސް އެކަން ނުވާނެކަމެވެ.

ކިޔުންތެރިންގެ ހިޔާލު