އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މިފްކޯއިން މަސް ގަންނަ އަގު ދަށްކޮށްފި

2 weeks ago

އިބްރާހިމް ޢަލީ

މިފްކޯ އިން މަސް ގަންނަ އަގު އަނެއްކާވެސް ދަށްކޮށްފިއެވެ.

މިގެނައި ބަދަލާއި ގުޅިގެން މިފްކޯގެ ކާރުހާނާތަކަށާއި ބޯޓްފަހަރަށް މަސްކިލޯއެއް ގަންނަމުންދާނީ ކިލޯއެއް 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ މަސް ގަންނަނީ 14 ރުފިޔާއަށެވެ. މީގެއިތުރުން 10 ރުފިޔާއަށް ގަންނަމުންދިޔަ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި މިއަދުން ފެށިގެން ގަންނާނީ 9 ރުފިޔާއަށެވެ. އައިސް ނާޅާ 1.5 ކިލޯއިން ދަށުގެ މަހާއި ކަންނެލި ގަންނަނީ 7 ރުފިޔާއަށެވެ.

މަސްގަންނަ އަގު ދަށްކުރީ ބައިނަލްއަޤުވާމީ ބާޒާރުގައި މަހުގެ އަގު ދަށަށް ދިއުމުންކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރިން މިފްކޯ އިން މަސް ގަންނަމުން ދިޔައީ ކިލޯއެއް 20 ރުފިޔާއަށެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު މަހުގެ ކޮންޓްރޯލް އަގު ދޫކޮށްލިކަން އިއުލާންކޮށް މިފްކޯ އިން ފުރަތަމަ މަސް ގަންނަ އަގު ދަށް ކުރުމަށްފަހު 1.5 ކިލޯއިން މަތީގެ މަހާއި ކަންނެލި ކިލޯއެއް ގަންނަމުން ދިޔައީ 18 ރުފިޔާއަށެވެ. އަދި ފިނިނުކުރާ މަސް ކިލޯއެއް ގަންނަމުންދިޔައީ 16 ރުފިޔާއަށެވެ.


ކިޔުންތެރިންގެ ހިޔާލު