އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކުވައިތުގެ ވަލީއަހުދު ޝައިޚް މިޝާލް މަގާމުގެ ހުވާ ކުރައްވައިފި

2 weeks ago

އިބްރާހިމް ޢަލީ

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހް، ކުވައިތުގެ ވަލީއަހުދުގެ މަގާމުގެ ހުވާ ކުރައްވައިފިއެވެ. ވަލީއަހުދުގެ މަގާމަށް މިއަދު އައްޔަން ކުރެވުނު ޝައިޚް މިޝާލްއަކީ، އަވަހާރަވި އަމީރު ޝައިޚް ސަބާހުލްއަހްމަދު އަލް ޖާބިރު އައްސަބާހްގެ އެންމެ ހަގު ކޮއްކޯފުޅެވެ. ޝައިޚް މިޝާލްއަކީ އިނގިރޭސިވިލާތުގެ ހެންޑަން ޕޮލިސް ކޮލެޖްގެ ގުރެޖުއޭޓެކެވެ.

ޝައިޚް މިޝާލް، ކުވައިތުގެ ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވީ، ވަލީއަހުދުގެ މަގާމަށް އޭނާ އައްޔަން ކުރަން ކުވައިތުގެ ޕާލަމެންޓުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ. ޝައިޚް މިޝާލްގެ ނަންފުޅު ފާސްކޮށްފައިވަނީ ޕާލަމެންޓުގެ އިއްތިފާގުންނެވެ.

ޝައިޚް މިޝާލް، ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވީ، ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހްމަދު އައްސަބާހްގެ ކުރިފުޅުމަތީގައެވެ.

އައު ވަލީއަހުދުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝައިޚް މިޝާލްވަނީ، ބައިބައިވުންތައް އެއްފަރާތްކޮށް އެއްބައިވަންތަވުމަށް ކުވައިތުގެ ރައްޔިތުންނަށް ގޮވާލައްވާފައެވެ. ބައިބައިވުންތައް ނައްތާލުމަށް ކުރެއްވެންހުރި ހުރިހާކަމެއް ކުރައްވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

އަދި ސަރަހައްދާއި، ބައިނަލްއަގްވާމީ މުޖުތަމައުގެ ހަމަޖެހުމާއި، ސުލްހައަށް ކުވައިތުން ކުރަމުންއައި މަސައްކަތްތަކާއި ޒިންމާތައް އަދާކުރުންމަތީ ކުވައިތު ދެމިއޮންނާނޭ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.

ވަލީއަހުދުގެ މަގާމަށް އަތުވެދާނެ ކަމަށް ބެލެވުނު ޝާހީ އާއިލާގެ ބޭފުޅުންގެ ތެރެއިން ޝައިޚް މިޝާލްއަކީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއްނެތް، މައްސަލަތަކެއްގެ ތުހުމަތުތަކެއް ނެތް ހަމައެކަނި ބޭފުޅާ ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު

محمد

مِشعَلُ މިޝްޢަލް މިޝާލް އެއްނޫން

2 weeks ago