އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

2 weeks ago

އިބްރާހިމް ޢަލީ

ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

މި މަޝްރޫޢަކީ 44.31 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށާއި، އަނގޮޅިތީމްގެ ބަނދަރުގެ މަޝްރޫއު ނިންމުމަށް އެމްޓީސީސީއާއި ހަަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން އަނގޮޅިތީމުގައި 221 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށްޓެއްލައި، 91.44 މީޓަރުގެ އެއްގަމު ތޮށްޓެއްލުމަށް ވަނީ ހަމަޖެހިފައެވެ.

އަދި 42،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 615 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް 2 ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މީގެ އިތުރުން 166 މީޓަރުގެ ރިވެޓްމަންޓްޖަހާ، 1110 ސްކޮއަރ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބުލޮކްސް އެޅުމާއި، 12 ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ.

އެމްޓީސީސީން ދަނީ ރާއްޖޭގެ އުތުރާއި ދެކުނުގައި ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ގިނަ ރަށްރަށުގައި ކުރިއަށް އެބަދެ އެވެ.

ކިޔުންތެރިންގެ ހިޔާލު