އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޕީސީއާރް ޓެސްޓުުގެ އަގު ޓްރީޓޮޕުން ހެޔޮކޮށްފި

2 weeks ago

އިބްރާހިމް ޢަލީ

ޓްރީ ޓޮޕް ހޮސްޕިޓަލުން ޕީސީއާރު ޓެސްޓް ހަދައިދޭ އަގުތައް ހެޔޮކޮށްފިއެވެ. އަދި ހަމައެއާއެކު ޓެސްޓު ކުރާ އަދަދު ވެސް އިތުރުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ، ކޮވިޑް-19 އެ ހޮސްޕިޓަލުގައި ޕީސީއާރް ހެދޭނެ އާ މެޝިނެއް ބަހައްޓާ ޓެސްޓު ކުރެވޭ އަދަދު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ބުރާސްފަތި ފެށިގެން އެ ޓެސްޓު ހަދައިދޭ އަގުތައްވެސް ހެޔޮ ކޮށްފައިވާ ކަމަށެވެ.

އެ ބަދަލާއެކު ޓްރީ ޓޮޕްގައި ސާމްޕަލް ނެގުމަށް ފަހު 24 ގަޑިއިރުތެރޭ އަދި ލަސް ވެގެން 48 ގަޑިއިރު ތެރޭ ނަތީޖާ ރިޕޯޓު ލިބޭނެ އެވެ. އަދި ޕީސީއާރު ޓެސްޓުގެ ނަތީޖާ އާޖެންޓް ކޮށް ބޭނުންވާ މީހުންނަށް ނަތީޖާ އަވަސް ކުރުމުގެ ޕްރީމިއަމް ހިދުމަތް ދޭނެ ކަމަށެވެ.

ޕީސީއާރު ޓެސްޓު ހެދުމުގެ ހިދުމަތް އޯޕީޑީ އާއި އައިޕީޑީ އަދި ޓްރެވަލް ސެޓްފިކޭޝަނަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ސީއާރް ޓެސްޓު ހަދައިދޭ އަގުތަކަށްބަލާއިރު ދިވެހި ރައްޔިތުންގެ ޓެސްޓް: 1,399 ރުފިޔާ ނަގައިރު ވޯކް ޕާމިޓް ބިދޭސީންގެ ޓެސްޓް: 1,399 ރުފިޔާ ނގާނެއެވެ. އަދި ފަތުރުވެރިންގެ ޓެސްޓް: 1,499 ރުފިޔާ ނަގާގޮތަށް މަޢުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު