އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މަސްވެރިންނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދީފައިވޭ

2 weeks ago

އިބްރާހިމް ޢަލީ

މަސްވެރިންނަށް މިހާތަނަށް 8.4 މިލިއަން ރުފިޔާ އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ދީފައިވާ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ ކޮވިޑް-19ގެ ލޯނުގެ އެހީ އޭޕްރީލް މަހުން ފެށިގެން އަދި އިންކަމް ސަޕޯޓު އެލަވަންސް މެއި މަހުން ފެށިގެން ދެމުންދާ ކަމަށާ އެގޮތުން މިހާތަނަށް މަސްވެރިންނަށް 8.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ.

މި ރިލީފް ޕެކޭޖުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް އެޗްޑީއެފްސީ މެދުވެރިކޮށް ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް 6 އިންސައްތައިގެ ރޭޓުގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑަކާއެކު 3 އަހަރުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ވަރކިން ކެޕިޓަލް ލޯނު އަންނަނީ ދޫކުރަމުން ކަމަށާއި ވަޒީފާތަކަށާއި އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މަހަކު ފަސްހާސް ރުފިޔާ އާއި ހަމައަށް ދެމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރިލީފް ޕެކޭޖުގެ އިތުރަށް ދުނިޔޭގެ ބާޒާރުގައި ބޮޑު ކަންނެލީގެ އަގު ދަށަށް ދިޔުމާއެކު މަސްވެރިންގެ އަތުން މަސްގަންނަ އަގު ހިފެހެއްޓުމުގެ ގޮތުން އެސްޑީއެފްސީ މެދުވެރިކޮށް ބޮޑު ކަންނެލި ގަނެ އެކްސްޕޯޓު ކުރާ ފަރާތްތަކަށް ސަތޭކަ މިލިއަން ރުފިޔާގެ ކްރެޑިޓް ސްކީމެއް ވަނީ ހުޅުވާލާފައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު

އައްޔަ

ކިތަށް ފަހަރު ހޯދަން އުޅޭނީ. ނުލިބޭ. ލިބޭނެ ގޮތެއް އަޅެ ބުނެބަލަ.. މިވެސް މަސް ވެރިއެއް

2 weeks ago