އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި

2 weeks ago

އިބްރާހިމް ޢަލީ

އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައެވެ.

މަޢުލޫމާތު ލިބޭޣޮތުން އެޗްޕީއޭއިން މި ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އާ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތްކުރަމުން އަންނަނީ މިއަހަރުގެ ފަހުކޮޅުގައެވެ. ނަމަވެސް ފަށާނެ ތާރީހެއް ރަސްމީކޮށް އެފްއޭއެމުން އަދި ހާމައެއްނުކުރެއެވެ.

މާދަމާ އެޗްޕީއޭއާއެކު ބައްދަލުވުމުގައި ގައިޑްލައިން ފައިނަލްކުރެވިގެން ދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ކުލަބުތަކަށް ޕްރެކްޓިސްތައް ކުރުމުގެ ހުއްދަ ދޭނީ އެ ގައިޑްލައިން ފައިނަލް ވުމުންނެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސްއެވެ.

ނަމަވެސް ނިއު ނޯމަލްގައި ޕްރެކްޓިސްތައް ކުރިޔަށްގެންދާނެ ގޮތްތައް އަދި ފައިނަލްނުވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއެކު ބާއްވާ މަޝްވަރާތަކަށްފަހު އާ ގައިޑްލައިން އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އެފްއޭއެމުން ވަނީ ދާދިފަހުން ފުލުހުންނާއެކު ވެސް ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި އާ ސީޒަނަށް ތައްޔާރުވުމަށް ކުރެވިދާނެ ކަންކަމާއި ފުލުހުންނާއި އެފްއޭއެމް ގުޅިގެން ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ ދެފަރާތުން މަޝްވަރާކޮށްފައެވެ.ކިޔުންތެރިންގެ ހިޔާލު