އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކުވައިތުގެ އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު

2 weeks ago

ހުސައިން ރަޝީދު

ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލްއަހްމަދު އައްސަބާހް، ކުވައިތުގެ އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.

އަމީރުގެ ނިންމުމާމެދު ޝާހީ ޢާއިލާއިން ރުހޭކަމަށް އަމީރުގެ އިދާރާއިންވަނީ ބުނެފައެވެ. ނަމަވެސް ވަލީ އަޙުދުގެ ގޮތުގައި ޝައިޚު މިޝާލް ކަނޑައެޅޭނީ އަމީރުގެ ނިންމެވުން އެ ޤައުމުގެ ޤަނޫނުހަދާ މަޖިހުން ފާސްކުރުމުންނެވެ. ބެލެވޭ ގޮތުގައި އޮކްޓޯބަރު މަހުގެ 8ވަނަ ދުވަހު ޤާނޫނުހަދާ މަޖިލީހުން އަމީރުގެ ނިންމެވުމާ ގުޅޭގޮތުން ގޮތެއް ނިންމާނެއެވެ.

ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްއަކީ، މިވަގުތު ކުވައިތު ނޭޝަނަލް ގާރޑުގެ ނާއިބެވެ. 1940ވަނަ އަހަރުގައި އުފަންވެވަޑައިގެން ޝެއިޚު މިޝާލް ކުވައިތުގެ ނޭޝަނަލް ގާޑުގެ ނައިބު ވެރިޔާގެ މަޤާމަށް އިސްކޮށްފައިވަނީ 2004ވަނަ އަހަރުގައެވެ. އޭގެ ކުރިން އެ މަނިކުފާނު މަސައްކަތްކުރެއްވީ ސަލާމަތީ ޚިދުމަތްތަކާބެހޭ އިސްވެރިޔާގެ އިތުރުން ދާޚިލީ ވުޒާރާގައެވެ.

ކުވައިތުގެ ރަސްމީ ނޫސް އޭޖެންސީ، ކޫނާއިން ބުނެފައިވަނީ، އައު ވަލީއަހުދުގެ މަގާމަށް ޝައިޚް މިޝާލް އަލްއަހްމަދު އަލްޖާބިރު އައްސަބާހްގެ ނަންފުޅު، މިހާރުގެ އަމީރު ޝައިޚް ނަވާފް ހުށަހެޅުއްވީ، ވެރިކަންކުރާ އައްސަބާހް އާއިލާގެ ރުހުމާ އެކުގައި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު