
2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.
2 years ago
އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.
2 years ago
ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.
2 years ago
6 months ago
މިއަދު މިގެނެސްދެނީ ވަރަށް މީރުކޮށް ތައްޔާރުކޮށްލެވޭ ތަރުކާރީގެ ބާވަތެއް ކަމަށްވާ ކޯން ބޭނުންކޮށްގެން ސޫޕެއް ތައްޔާރު ކުރާނެގޮތެވެ. މިއީ ހަދާލަން ވަރަށް ފަސޭހަ ރަހަމީރު ބާވަތެކެވެ. އެއީ ސްވީޓް ކޯން ސޫޕް ތައްޔާރު ކުރާނެ ގޮތެވެ. މިއީ ޢާންމުކޮށް ގޭގައި ހަދާލަން ފަސޭހަ އެއްޗެއްގެ އިތުރުން ތަރުކާރީގެ ބާވަތްތައް މިހާރުވަނީ ބާޒާރުގައި ވަރަށް ތިޔާގިވެފައެވެ.
ބޭނުންވާ ތަކެތި
2 ޖޯޑު ފެން
2 މޭޒުމަތީ ސަމުސާ ސްވިޓް ކޯން
2 މޭޒުމަތީ ސަމުސާ ހިމުންކޮށް ކޮށާފައި ހުރި ކުކުޅުމަސް
3/1 ސައި ސަމުސާ އަޖިނަމޮޓޯ
4/1 ސައި ސަމުސާ ލޮނު
2/1 ސައި ސަމުސާ ހަކުރު
1 ސައި ސަމުސާ ކޯން ފްލަރ
1 ބިސް
ތައްޔާރުކުރާނެގޮތް
ތެލި އުނދުން މައްޗަށް އުދާލާފައި ފެން އަޅާލާށެވެ. ކެކިގަތުމުން ސްވީޓް ކޯން އަދި ޗިކަން ކޮޅު ވެސް އެއްކޮށްލާށެވެ. ދެން އެދެބައި ރޯފިލުމުން އަޖިނަމޮޓޯ ، ލޮނު، ހަކުރު، އެއްކޮށްލާށެވެ. ކޯންފްލަރކޮޅު ފެން ފޮދެއްގައި ގިރާލާފައި އަޅާލާށެވެ. ކެކިގަތުމުން ބިސް ގިރާފައި އަލާލުމަށްފަހު އެއްކޮށްލާށެވެ. ކެކުމުން އުނދުން މަތިން ބާލާށެވެ.