އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރާއްޖެއިން އިތުރު 75 މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ.

4 weeks ago

އިބްރާހިމް ޢަލީ


ދިވެހިރާއްޖެއިން އިތުރު 75 މީހަކު ކޮވިޑް 19 އަށް ޕްޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އިރުއޮއްސި 6 އިން މިއަދު އިރުއޮއްސި 6 އާއި ހަމައަށް ކޮވިޑް-19 އަށް އަލަށް 75 ޕޮޒިޓިވް ވެފައިވެއެވެ.

ޕްޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 53 ދިވެހިންނާއި 22 ބިދޭސީންނެވެ. މިއަދު ޕްޒިޓިވްވި މީހުންގެ ތެރެއިން 66 މީހަކު ފައްސިވެފައިވަނީ މާލެއިންނެވެ. ރާއްޖެތެރެއިން މިއަދު ފައްސިވެފައިވަނީ 9 މީހެކެވެ. މިއަދު ފައްސިވި 75 މީހުންނާއެކު މިހާރު ދިވެހިރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 10014 އަށް އަރާފައެވެ.

ކޮވިޑް 19 ޖެހިފައިވާ މީހުންގެ ތެރެއިން މިއަދު 75 މީހަކު ރަނގަޅު ވެފައިވެއެވެ. މިއާއެކު ކޮވިޑް ބަލިޖެހިގެން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8672 އަރާފައެވެ.

ރާއްޖެ އިން ކޮވިޑް 19 ބަލި ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 34 މީހެކެވެ. ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި 7 ބިދޭސީއެކެވެ.

ކިޔުންތެރިންގެ ހިޔާލު