އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރާއްޖޭގެ ޙާލަތު ސޭފް ހިސާބަކަށް ނުދޭ - ޑރ. ޝީނާ މޫސާ

4 weeks ago

އިބްރާހިމް ޢަލީ

ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އަދި "ސޭފް" ނުވަތަ "ގްރީން" ޒޯނަށް ނުދާކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ. އެހެންނަމަވެސް މިހާރު ޕޮޒިޓިވްވާ އަދަދު ދަށްވަމުން އަންނަ ކަމަށާއި އެއީ ރަނގަޅު ފާލެއް ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެ އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕަބްލިކް ހެލްތު އެކްސްޕަރޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ކޯވިޑް-19 ކޮންޓްރޯލްކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުކުރެވިފައިވާކަމަށެވެ. 


އެހެން ނަމަވެސް ރައްކާތެރި މިންގަނޑެއްގެ ގޮތުގައި ބަލާ ގުޅުންނެތް ކޭސްތައް 20 އިންސައްތައަށްވުރެ އަދި ދަށްވެފައި ނުވާކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ. ޑރ. ޝީނާ ވިދާޅުވީ އަމާޒަކީ ގުޅުން ނެތް ކޭސްތައް ވިއްސަށް ވުރެ ތިރީގައި ބެހެއްޓުން ކަމަށާއި، ބަލި ފެތުރުން މަޑުޖެހޭ ކަމަށް ބުނަން އެނގޭނީ އެ އަދަދު ވިއްސަށް ވުރެ ތިރީގައި ހިފަހައްޓާލެވުމުން ކަމަށެވެ.


ހަމައެއާ އެކު، ޕޮޒިޓިވްވާ މީހުންގެ ތެރޭގައި އެހެން ކޭސްތަކާ ގުޅުން ނެތް ކޭސްތައް ވެސް މަދުވަމުން އަންނަ ކަމަށާއި އޭގެ މާނައަކީ ބަލި ފެތުރޭ މިންވަރު ތަންކޮޅެއް މަދުވުން ކަމާއި އެހެން ނަމަވެސް އަޅުގަނޑުމެން ބޭނުންވާ ނިސްބަތަކަށް އަދިވެސް ތިރިއެއް ނުވާކަމަށް ޑރ. ޝީނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު