އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ރާއްޖޭގައި އެންޓިބޮޑީ ޓެސްޓް ހަދަން ފަށަނީ

4 weeks ago

އިބްރާހިމް ޢަލީ

މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވެފައިވާނީ ކިހާ އަދަދެއްގެ މީހުންތޯ ދެނެގަތުމަށްޓަކާ އޮކްޓޯބަރުމަހުގެ ތެރޭގައި އެންޓިބޮޑީ ޓެސްޓު ހެދުމަށް ތައްޔާރުވަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.ސޯ.ސީން ވިދާޅުވެއްޖެއެވެ. 

މިކަން ހާމަކުރައްވާފައިވަނީ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު އެޗް.އީ.ސޯ.ސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ފާތުމަތު ނަޒްލާ ރަފީޤުއެވެ.

ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ސްޓަޑީއެއްގެގޮތުގައި ނުވަތަ ދިރާސާއެއްގެ ގޮތުގައި އެންޓިބޮޑީ ޓެސްޓް ހެދުމަށް ވާންޖެހޭ ތައްޔާރީތައް އެ ސެންޓަރުން ވަމުންދާކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ސްޓަޑީ ޕްރޮޕޯސަލް ތައްޔާރުކޮށް ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ހެލްތު ރިސަރޗް ކޮމެޓީއަށް ހުށަހަޅާ، އެ ޕްރޮޕޯސަލް ފާސްވެފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި އެންޓިބޮޑީ ޓެސްޓް ހެދުމަށް އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު