އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސިޔާސީ ޕާޓީ ތަކުގާއި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި

4 weeks ago

އިބްރާހިމް ޢަލީ

ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި މެމްބަރުން ތިބި އަދަދު އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގައެވެ. އެގޮތުން އެ ޕާޓީގައި 52،952 މެންބަރުން ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެމްޑީޕީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެ ޕާޓީގައި 37،144 މެންބަރުން އެބަތިއްބެވެ. މިދެޕާޓީގެ ދެމެދުގައި ހުރި ތަފާތަށް ބަލާއިރު ޕީޕީއެމްއަށްވުރެ އެމްޑީޕީގައި 15,808 މީހުން އިތުރެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ސިޔާސީ ޕާޓީތަކުގެ ގެތެރެއިން ތިންވަނައަށް އެންމެ ގިނަމީހުން ތިބީ ޖުމުހޫރީ ޕާޓގައެވެ. އެޕާޓިގައި ޖުމުލަ 13.825 މެންބަރުން އެބަތިބިއެވެ.

މީގެ އިތުރުން މޯލްޑިވްސް ޑިވިލޮޕްމަންޓް އެލައަންސް (އެމްޑީއޭ) ގައި 8،178 މެންބަރުން ތިބިއިރު އަދާލަތު ޕާޓީގައި ތިބީ 6،640 މެންބަރުންނެވެ. އަދި ޕީޕަލް ނެޝަނެލް ކޮންގްރެސް ޕާޓީގައި 4.004 މެންބަރުން ތިބިއިރު މޯލްޑިވްސް ތާޑްވޭ ޑިމަކްރެޓްސް ފާޓީ (އެމްޓީޑީ) ގައި ތިބީ 3،171 މެންބަރުންނެވެ.

އަދި މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރްއެމް) ގައި ޖުމުލަ 3،023 މެންބަރުން ތިބިއިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) ގައި ތިބީ 2،902 މެންބަރުންނެވެ. އޭގެ އިތުރުން އެންމެ މަދުން މެންބަރުން ހިމެނޭ ޕާޓީއެއްގެ ގޮތުގައި އޮތީ 2،881 މެންބަރުންނާއިއެކު މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމަކްރަޓިކް ފާޓީ އެވެ. 

ކިޔުންތެރިންގެ ހިޔާލު