އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އީކޮމާރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ބޮޑެތި ޑިސްކައުންޓްތަކާއި އެކު އެޕަލް، ސެމްސަންގް އަދި އޮޕޯ ފަދަ މަގުބޫލު ބްރޭންޑްތަކުގެ ފޯނާއި އެކްސެސަރީޒް ލިބޭ ޕްރޮމޯޝަން "ބިގް ޑިވައިސް ސޭލް" ފަށައިފި.

4 weeks ago

އިބްރާހިމް ޢަލީ

އީ ކޮމާރސް ޕްލެޓްފޯރމް މޫލީ އިން މިއަދު "ބިގް ޑިވައިސް ސޭލް" ގެ ނަމުގައި ޙާއްޞަ ޕްރޮމޯޝަންއެއް ފަށައިފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މަގްބޫލް ބްރޭންޑް ތަކުގެ ސްމާރޓްފޯނާއި އެކްސެސަރީޒް، ބޮޑެތި ޑިސްކައުންޓްތަކާއި އެކު މާރކެޓްގައި ލިބެންހުރި އެންމެ ހެޔޮ އަގުގައި ކަސްޓަމަރުންނަށް ބައްލަވައިގަނެވޭނެއެވެ. 


މި ދުވަސްކޮޅަކީ ކުރިއަށްވުރެ ބޮޑަށް ޑިޖިޓަލް މެދުވެރިކޮށް ކަންކަން ކުރަންޖެހިފައިވާ ދަނޑިވަޅަކަށްވުމާއި އެކު، ފެންވަރު ރަނގަޅު ޑިވައިސް އާއި އިލެކްޓްރޯނިކްސްގެ މުހިންމުކަން ވަނީ އިތުރުވެފައެވެ. މޫލީ ގެ ބިގް ޑިވައިސް ސޭލް އަކީ މިދުވަސްވަރު ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ޑިވައިސްތަކެއް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރިއަށް ގެންދެވޭ ޕްރޮމޯޝަންއެކެވެ.


30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި، އެޕަލް ވޮޗް، އެއަރޕޮޑްސް، ސެމްސަންގް އަދި އޮޕޯ ގެ މަގްބޫލް ފޯނުތައް ބައްލަވައިގަނެވޭނެއެވެ. ޕްރޮމޯޝަންގެ ދަށުން ލިބެންހުރި ޑިވައިސްތައް، މޫލީ ޕްލެޓްފޯރމްގައި ބިގް ޑިވައިސް ސޭލް ސެކްޝަނުން %15 އާއި ހަމައަށް އެ ޕްރޮޑަކްޓަކުން ލިބޭ ޑިސްކައުންޓްއާއި އެކު ފެނިވަޑައިގަންނަވާއެވެ.


ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ އެކްސްޕީރިއެންސް އެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ. 


މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު