އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އިތުރު 200 ބަންގްލަދޭޝްގެ މީހުން ފުރުވާލައިފި

4 weeks ago

އިބްރާހިމް ޢަލީ

ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުންގެ ތެރެއިން އިތުރު 200 މީހުން އިއްޔެ އަނބުރާ އެޤައުމަށް ފޮނުވާލައިފިއެވެ. މިފަހަރު ފޮނުވާލިމީހުންގެ ތެރޭގައި ހިމެނެނީ ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެހެން ސަބަބުތަކާ ހުރެވެސް އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން ނުދެވި ތިބި މީހުންނެވެ. މިމީހުން ފޮނުވާލާފައިވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.


މިއީ މިގޮތަށް މޯލްޑިވިއަން އިން ބޭއްވި 35 ވަނަ ފްލައިޓެވެ. މިފްލައިޓްތަކުން މިހާތަނަށް އެގައުމުގެ 8000 އެއްހާ މީހުން ވަނީ ފުރުވާލައިފައިވާކަމަށް ލަފާކުރެވެއެވެ.


ބިދޭސީން އަނބުރާ ފޮނުވާލާއިރު އެމީހުންގެ ޕޮލިސް ރިޕޯޓު ބަލާ ކަމަށާއި އެމީހުން ފޮނުވާލަނީ ހައިކޮމިޝަނުން ހޯދަން ޖެހޭ ލިޔުންތައް ހޯދުމަށް ފަހުގައެވެ.


ރާއްޖެއަކީ ގިނަޢަދަދެއްގެ ބިދޭސީން މީހުން އުޅޭޤައުމެކެވެ. އަދި ހަމައެހެންމެ ގިނަޢަދަދެއްގެ މީހުން ޤަވައިދާ ޚިލާފަށް އުޅެމުންދާ ޤައުމެކެވެ. އޭގެތެރޭގައި އެންމެ ގިނައީ ބަގުލަދޭޝްމީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު