އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ޑރ. ޝަހީމަށްވެސް ކޯލިޝަނުގެ އެޑްވައިޒަރުކަން

4 weeks ago

އިބްރާހިމް ޢަލީ

ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓަކަށް 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ހުންނެވި ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ އެޑްވައިޒަރަކަށް ހަމަޖައްސައިފިއެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީއަށްފަހު ސިޔާސީ ކަންކަމާ ދުރައްޖެހިވަޑައިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އިސްމަޤާމެއްގައި ދެއަހަރެއްހާދުވަހު ހުންނެވުމަށްފަހު އެނބުރި ރާއްޖެވަޑައިގެން ޑރ.ޝަހީމް ވަނީ އިދިކޯލު ކޯލިޝަނާ އެނެއްކާވެސް ގުޅިވަޑައިގެންފައެވެ.


އަދި ޕީޕީއެމް ޕީއެންސީ އެޑްވައިޒަރުކަން ހުށަހެޅީ އޭނާ އެކަން ބޭނުންވެގެން ދަންނަވައިގެން ނޫންކަމަށާއި، ބޭނުންވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއެކު ހުންނެވުމަށްކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ޕީޕީއެމް،ޕީއެންސީގެ މެންބަރުންނާއެކު ދެމި ހުންނަން. އަޅުގަނޑު ތިޔަ ބޭފުޅުންނާއި މި ގުޅުނީ ވަކި މަގާމަކަށް ނޫން. އަބްދުއްރަހީމް އަޅުގަނޑަކަށް އެޑްވައިޒަރުކަން ހުށައެޅުއްވީ އަޅުގަނޑު ދަންނަވައިގެނެއް ނޫން،"


ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއަށް އެކި ރޮނގުރިނގުން ލިބިފައިވާ ކުރިއެރުންތައް ފާހަގަކުރައްވައި ޝަހީމްވަނީ މިހާރު އެކި ދާއިރާތަކުން ރާއްޖެއަށް ގޮންޖެހުންތަކެއްދިމާވެފައި ހުރިކަމަށް ވިދާޅުވެފައެވެ.

"ރައީސް ޔާމީން މިނިވަންވުން އެއީ ދިވެހިންނަށް ވަރަށް މުހިންމު ކަމެއް. އެ ހަމައެކަނި ޕީޕީއެމް، ޕީއެންސީއަކަށް ނޫން، ދިވެހިންގެ ގައުމަށް، ދިވެހިންގެ ޒައާމަތަށް ވަރަށް މުހިންމު ކަމެއް. އަޅުގަނޑު ދަންނަވާނީ އަދުލްވެރި ޝަރީއަތެއް ކުރެވިއްޖެކަމަށް ވަނީނަމަ ރައީސް ޔާމީން އަބްދުއްގައްޔޫމް މިނިވަންވާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.


"އަޅުގަނޑު މަސައްކަތް ކުރާނަން ލީގަލް ޓީމާ ގުޅިގެންވެސް ޝަރުއީ ކޯޓްގައިވެސް ރައީސް ޔާމީން އަބްދުއްގައްޔޫމްގެ ދިފާއުގައި ވަކާލާތު ކުރަން. އެއީ އަޅުގަނޑަށް ލިބޭ އުފަލެއް، ޝަރަފެއް ކަމަށް އަޅުގަނޑު ދެކެނީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމްގެ އިތުރުން އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންގެ ގޮތުގައި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަޞަންއާ ކުރީގެ ނާއިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދެވެސްވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު