އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބަލައިގެންފި

1 month ago

އިބްރާހިމް ޢަލީ

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފި އެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބް ހިލާފުވެފައިވާތީ މެމްބަރުކަން ގެއްލިއްޖެ ކަމަށް ކަނޑައަޅައިދިނުމަށެވެ.

ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރަކު އެ މާއްދާގައި ބަޔާންކުރާ ވަޒީފާތަކުންކުރެ ވަޒީފާއެއް އަދާކޮށްގެންނުވާނެ ކަމަށެވެ. އެގޮތުން އެ މާއްދާގެ 3 ވަނަ ނަމްބަރުގައި ވަނީ މަޖިލީހުގެ މެމްބަރަކު "މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރުކަން ނުވަތަ މުސްތަގިއްލު މަގާމެއް" އަދާކޮށްގެން ނުވާނެ ކަމަށެވެ.

ޔައުގޫބްގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (އައިސީއޭއެމް) ގެ ކައުންސިލަށް ޔައުގޫބް އައްޔަނުކޮށް އެ މަގާމު ބަލައިގަތުމުންނެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ބައެއް ވަކީލުން ސުވާލު އުފައްދަން ފެށުމުން ޔައުގޫބު ވިދާޅުވީ ވަކީލުންނާއި ވާހަކަ ދެއްކެވުމުން އެކި ހިޔާލުތައް ލިބިވަޑައިގެންނެވި ކަމަށާއި އެގޮތުން އެ މަގާމުގައި އޭނާ އަށް ހުރެވިދާނެ ކަމަށް ބައެއް ވަކީލުން ވިދާޅުވިއިރު އެ މަގާމުގައި އޭނާ އަށް ނުހުންނެވޭނެ ކަމަށް ބައެއް ވަކީލުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގައި އޭނާ ގަބޫލުކުރާ ގޮތުގައި އެ މަގާމުގައި ނުހުރެވޭންވީ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަމަވެސް ލަފާ ދެއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން އެ އިދާރާއިން ވަކިވާން ނިންމެވީ ކަމަށެވެ.ކިޔުންތެރިންގެ ހިޔާލު