އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިންޓަނެޓް ހެއުގޮތުގައި ބޭނުނުްކުރުމަށް ދަރިންނަށް ދަސްކޮށްދިނުމަށް ގޮވާލައިފި- ހުކުރު ޚުތުބާ

1 year ago

އިބްރާހިމް ފައުޒީ

އިންޓަނެޓް ހެއުގޮތުގައި ބޭނުންކުރުމަށް ދަރިންނަށް ދަސްކޮށްދިނުމަށް މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ. އިންޓަނެޓަކީ މިޒަމާނުގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ މުހިންމު އެއްވަސީލަތްކަމަށްވާއިރު މިވަޞީލަތުގެ ބޭނުން ހެއުގޮތުގައި ބޭނުންކުރުމަކީ ނިއުމަތެކެވެ. އިންޓަނެތްގެ ސަބަބުން ޢާއިލީގުޅުންތައް ބަދަހިވެ އުނގެނުމާއި މަޢޫލޫމާތު ބަދަލުކުރުމަށް އެހީވެދެއެވެ. އަދި ހަމައެހެންމެ އޭގެ ސަބަބުން ފަސޭހަކަމާއި ލުއިކަން ލިއްބައިދެއެވެ. މިދުވަސްވަރަކީކޮވިޑް 19 ގެ ބަލިމަޑުކަން ފެތުރި ސުކޫލްތަކުގެ ކިޔެވުން ބަންދުވެފައިވާ ދުވަސްވަރެއްކަމަށް ވިޔަސް އިންޓަނެޓްގެ ވަޞީލަތުގެ ކިޔެވުމުގެ ވަސީލަތްތައް އަޅުގަނޑުމެންނަށް ވަނީ ފޯރުކޮސްދީ ލިބާދީފައެވެ. ވީމާ. މިކަމުގެ މައްޗަށް ޝުކުރު އަދާކުރަންޖެހެއެވެ.


މިމަޢުޟޫއަށް ދިވެހިރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި އިތުރަށް ވިދާޅުވެފައިވަނީ އިންޓަރނެޓަކީ އޭގެ އަޑިނޭގޭހާ ފުން ނުރައްކާތެރި ކަޑެއްފަދަ ވަސީލާތެއްކަމާއި އަދި އެއީ ނުރައްކާތެރި ބޯޖަންގައްޔެއްފަދަ ނުރައްކާތެރި ވަޞީލަތަކަށްވާތީ އިންޓަރނެޓްގެ ވަޞީލަތް ހެޔޮގުތުގައި ހިފުމަށް ކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. އަދި އެކުދިންނަކީ ޒިންމާދާރު ޑިޖިޓަލް ރައްޔިތަކަށްވެވޭނެގޮތްތަކާއި މަގުތައް ދައްކުވައިދީ އިންޓަރނެޓްމެދުވެރިކޮށް ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށްނުވެ، އަމިއްލަ ނަފްސާއި އެހެންމީހުންގެ ރައްކާތެރިކަން ކަށަވަރުކުރާ ޙާލު އިންޓަރެނެޓްގެ ބޭނުން ހިފަން ދަސްކޮށްދޭންޖެހެއެވެ. އަދި ހަމައެހެންމެ އިންޓަރނެޓްމެދުވެރިކޮށް ހިއްސާކުރާ ކޮންމެ އެއްޗަކީ ކޮންމެވެސް ބަޔަކަށް ތިމާއާއި ދެކޮޅަށް ބޭނުންހިފިދާނެކަން ދަންނަބަޔަކަށް އެކުދިން ހަދަންޖެހެއެވެ. އަދި ހަމައެހެންމެ އިންޓަރނެޓްމެދުވެރިކޮށް އެކިއެކި އުކުޅުތައް ބޭނުންކޮށްގެން ދަރިން ގޯސްމަގުން ގެންދިއުމަށް ކެހިވެރިން ރާވާރޭވުންތަކާއި ޖަހާމަޅިތަކުން ސަލާމާތްވާން އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. އެގޮތުން މަގުމަތިން ފެންނަ ނުދަންނަ މީހުންނާއި ވާހަކަނުދައްކާފަދައިން އިންޓަރނެޓްގެ ތެރެއިން ނުދަންނަ މީހުނާއި ވާހަކަނުދައްކަން އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ.


އަދި ހަމައެހެންމެ ތިމާގެ ޒާތީ މަޢުލޫމާތުތަކާއި ޕާސްވޯޑްފަދަ ތަކެތި އެހެންމީހުންނާއި ހިއްސާނުކުރުމާއި އިންޓަނެޓް މެދުވެރިކޮށް އެތަކެތި ބެލުމަށް ލޯތައް ލަދުވެތިވާފަދަ މަންޒަރު ނުބެލުމަށް އެކުދިންނަށް ދަސްކޮށްދޭންޖެހެއެވެ. ހުރިހާ ހާލެއްގާ އެއިލާހަށް ބިރުވެތި ވުމަށްވެސް އެކުދިންނަށް ހަދާންކޮށްދޭންޖެހެއެވެ.


ދަރިންނަކީ ޚާލިޤުވަންތަ އިލާހު އަޅުގަނޑުމެންނާއި ހަވާލުކުރައްވާފައިވާ އަމާނާތަކަށްވެފައި އެދަރިން ހެޔޮގޮތުގައި ބޭނުންކުރުމަކީ އަޅުގަނޑުމެންގެޒިންމާއަކަށްވެފައި މިޒިންމާ އަދާކުރިގޮތާމެދު ފަރުވާކުޑަކުރުމަކީ ނުހަނު ގެއްލުން ހުރިކަމެއްކަމަށްވާތީ މައިންބަފައިން މިކަންކަމުގެ މައްޗަށް ސަމާލުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަދާންކޮށްދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު