އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ފުރަތަމަ އިސްލާހު ވާންވީ ރައީސް ނަޝީދު - މެމްބަރު ސަޢީދު

4 months ago

އިބްރާހިމް ފައުޒީ

އިދިކޮޅު ފަރާތްތަކުން އިންޑިއާ އައުޓް ގެ ނަމުގައި މިހާރު ހިންގަމުންދާ ކެމްޕޭން ހަރަކާތަކީ ދީނީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެ އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީން ބައިވެރިވެގެން ކުރާ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރެއްވުމާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެކަމަށް ރައްދު ދެއްވާ ޓްވީޓެއް ކުރައްވައިފިއެވެ. 

މިޓުވީޓްގައި ސައީދު ވިދާޅުވީ އެންމެ ފުރަތަމަ އިސްލާހު ވާންވީ ނަޝީދު ކަމަށެވެ. އަދި ހައްދުފަހަނައެޅުމުން ދުރަށް ޖެހި ޕާޓީގެ ވެރިއަކީ ކޮބައިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މަޝްވަރާ ކުރައްވައިގެން ނިންމެވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.


ރައީސް ނަޝީދަކީ އަބަދުވެސް ދީނީ ހަރުކަށި މީހުންނޭ ކިޔައިގެން ދީނީ ޢިލްމުވެރިންނާއި ދެކޮޅަށް އަޑު އުފުލާބައެކެވެ. ބައެއް މީހުން ބުނަނީ އެގޮތަށް ނަޝީދު އެހެން އެވިދާޅުވަނީ ނަޝީދަކީ ދޭތެރެދޭތެރެއިން ދިނާ ޚިލާފު ވާހަކަދައްކަވާ ބެފުޅަކަށްވެފައި އެވާހަކަ ތަކަށް ދީނީ ޢިލްމުވެރިން ރައްދުދޭތީއެވެ. އަދި ނަޝީދަށް އެއްމެ ދެކޮޅުބަޔަކަށް ދީނީ ޢިލްމުވެރިންވާތީއެވެ.


ރައީސް ނަޝީދު ވެރިކަމަށް އަތުވެއްޖެނަމަ މިރާއްޖޭގައި އިސްލާމްދީނުގެ ކުޑިފުކެއްވެސް ނޯންނާނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ތަފާތު ދީންތަކަށް މިރާއްޖޭގައި އުޅުމުގެ މިނިވަންކަން ދޭނެކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. އަދި ރައީސް ނަޝީދަކީ ޣައިރުދީން ފަތުރަށް ޣައިރުމުސްލިމުން ފޮނުވާފައިވާ އެޖެންޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު