އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ހެއުލަފާ މުޖުތަމައެއް ބިނާކުރުމަށް ޒުވާނުންގެ ދައުރު ބޮޑު – ހުކުރު ޚުތުބާ

1 month ago

އިބްރާހިމް ފައުޒީ

ހެއުލަފާ މުޖުތަމައެއް ބިނާކުރުމަށް ޒުވާނުންގެ ދައުރު ބޮޑުކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. ޒުވާކަން ހެއުގޮތިގައި ބޭނުންކުރުން މިމަޢުޟޫއަށް ރާއްޖޭގެ އެކިއެކި ކަންކޮޅޫގައި އިއްވި ޚުތުބާގައި ވިދާޅުވެފައިވަނީ މިއަދު މިވަނީ ހެއުލަފާ މުޖުތަމައަކަށް ބޭނުންވެފައިވާކަމާއި އަދި ހަމައެހެންމެ ތަރައްޤީއާއި ތަހްޒީބުގެ އާއުސްމިނަކަށް ޤައުމުބޭނުންވާކަމާއި މިކަން ރަގަޅުކުރުމަށްޓަކައި ޤައުމުގެ ޒުވާނުންނަކީ ހެއުލަފާ ބަޔަކަށްވާންޖެހެއެވެ.


ޤައުމުގެ އެންމެ އަގުބޮޑު ރައުސްމާލަކީ ޒުވާނުންކަމަށްވާތީ ޤައުމެއް ތަރައްޤީވެ ކުރައިއަރައި ދިއުން ބިނާވެފައިވާނީ ޤައުމުގެ ޒުވާނުންގެ ހުނަރާއި އެމީހުންގެ ސުލޫކާއި އެމީހުންގެ ހަރުދަނާ އަޤީދާގެ މައްޗަށެވެ. އެހެންވެ އިސްލާމްދީން އިސްލާމްދީނުގައި ޒުވާނުންނަށް ރަނގަޅު އިސްލާމީ ތަރުބިއްޔަތެއްދީ ހަރުދަނާ ޤާބިލްބަޔަކަށް ހެދުމަށް ވަރަށްބޮޑަށް ބާރުއަޅާފައިވެއެވެ.


ޒުވާނުންވާންވާނީ ނަފްސާއި މުދަލުންވެސް ޤައުމަށް ޤުރުބާންވާ އިސްލާމްދީން ހިމާޔަތްކޮށް އިސްލާމްދީނަށް ނަސްރުދީ ޤައުމަށްދިމާވާ ކޮންމެ ނުރައްކާތެރި ވަގުތެއްގައި ޤައުމު ދިފާއުކުރުމުގައި އިސްސަފުގައި ތިބޭބަޔަކަށް ވާނޖެހޭނެ ކަމަށެވެ.


ކީރިތި ރަސޫލާގެ ސިޔަރަތުން މިއަދު މިސާލުން މިސާލުޖައްސަވާ މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެފައިވަނީ ކީރތި ރަސޫލާގެ ޙަޔާތްޕުޅުގައިވެސް އެކަލޭގެ ފާނުވަނީ ޒުވާނުންނަށް އިސްކަން ދިނުމުގެ ގޮތުން އެކިކަންކަމަށް ޒުވާނުން އިސްކުރައްވާ ނަމޫނާ ދައްކަވާފައެވެ. އެގޮތުން މުހިންމު ލަޝްކަރުގެ އިސްކޮމާންޑަރުގެ ގޮތުގައި ޒުވާނުން އިސްކުރައްވާފައިވާކަމާއި އަދި ޤައުމުތަކުގެ ސަފީރުންނަށް ޒުވާނުން އައްޔަންކުރައްވާފައިވެއެވެ. އަދި އެކިއެކި ކަންކަމުގައި ލަފަތާއެއްގޮތަށް ޢަމަލުކުރައްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު