އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

އިސްރާޢީލުން ހަނގުރާމައެއް ފަށާފާނެކަމުގެ ބިރު

2 years ago

އިބްރާހިމް ނާޒިމް

މި ފެށެންއުޅޭ ހޫނު މޫސުމާ ދިމާކޮށް އިސްރާޢީލުން މެދުއިރުމަތީގައި ހަނގުރާމައެއް ފަށާފާނެކަމަށް ޔަހޫދީ ދައުލަތުގެ އަމަލުތައް ދިރާސާކުރާ ފަރާތްތަކުން ބުނަންފަށައިފި އެވެ. މިކަމަށް އިޝާރާތްކޮށް އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވެސް ވަނީ އިންޒާރުގެ މޭރުމަކުން ވާހަކަދައްކަވާފަ އެވެ. ލުބްނާން އާއި ދެކޮޅަށް ދެން އިސްރާޢީލުން ފަށައިގަންނަ ޢުދުވާނެއްގައި އެ ޤައުމު ދިފާޢުކުރަން ފަލަސްޠީނުގެ ޙަމާސްއިން ޙިޒްބުﷲ އަށް އެއްބާރުލުން ދޭނެކަމަށް ބުނެފައި ވެއެވެ. މިހެންކަމުން އިސްރާޢީލަށްޖެހޭނީ އުތުރު ފަރާތުން ޙިޒްބުﷲ އާއި ހަނގުރާމަކުރަމުން ދާއިރު ދެކުނުން ޙަމާސްއާއި ކުރިމަތިލާށެވެ. މިކަން މިހެން އޮތްއިރު ލުބްނާންގެ ދިފާއުގައި ސޫރިޔާއިން ހަނގުރާމައިގެ ތެރެއަށް ވަންނާނެކަމަށް ބުނެފައި ވެއެވެ. އިސްރާޢީލުން އިސްވެ ސޫރިޔާއާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ އީރާނުން ސޫރިޔާއަށް މަދަދުދޭނެކަން ގާތްގަޑަކަށް ޔަޤީންކުރެވެ އެވެ.


ޙިޒްބުﷲ އާއި އިސްރާޢީލުގެ ކުރިމަތިލުން:


2006ވަނަ އަހަރު ލުބްނާން އާއި ދެކޮޅަށް އިސްރާޢީލު ފަށައިގަތް ޢުދުވާނުތައް ވެސް ލޯންޗުކޮށްފައި ވަނީ އެ އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ. އެފަހަރު ލުބްނާންގެ ދިފާއުގައި އެންމެ ބޮޑު ޖިހާދެއްކޮށްފައި ވަނީ ޙިޒްބުﷲ އިން ކަމުގައި ވާތީ އެ ހަނގުރާމައަށް އިސްރާޢީލާއި ޙިޒްބުﷲގެ ހަނގުރާމައޭ ވެސް ކިޔައެވެ. ޙަރުބު ތަމޫޒު ނަމަކަށް ކިޔުނު އެ ހަނގުރާމަ ނިމުނީ އިސްރާޢީލުގެ މައްޗަށް ލުބުނާންގެ މުޖާހިދުން ކާމިޔާބު ހޯދައިގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ އިސްރާޢީލު ބަލިވެގެންނެވެ. ހަނގުރާމައިގައި ޔަހޫދީ އިސްރާޢީލްގެ 121 ސިފައިން މަރުވެ 628 ސިފައިން ޒަޚަމްވި އެވެ. މީގެ އިތުރުން އަގު ނުކުރެވޭހާ ގިނަގުނަ މާއްދީ ގެއްލުންތައް އިސްރާޢީލަށް އުފުލަންޖެހުނެވެ. މިހެންކަމުން އިސްރާޢީލަކީ ބަލިނުކުރެވޭނެ ބާރެއްކަމުގައި ހީވެފައި އޮންނައޮތުން ވަޔަށް ބުރައިގެން ދިޔައީ އެވެ.


އިސްރާޢީލުން ފަށާފާނެ ކުއްލި ޢުދުވާނަކާ ކުރިމަތިލުމަށް ޙިޒްބުﷲ ޖަމާޢަތުން މިހާރު އޮތީ ރަނގަޅަށް ތައްޔާރުވެގެންނެވެ. އެބައިމީހުންގެ އަތުގައި ހުރި ރޮކެޓްތަކާއި މިސައިލްތައް މިހާރު އިސްރާޢީލުގެ އެންމެ ބޮޑު ރަށް ކަމުގައިވާ ޓެލްއަވީވުގެ އިތުރުން ހުރިހާ ރަށަކާ ހަމައަށް ފޯރަ އެވެ. މިހެންކަމުން ޙިޒްބުﷲ ޖަމާޢަތުގެ ސެކްރެޓަރީ ޖެނެރަލް ޝެއިޚް ޙަސަން ނަޞްރުﷲ ވިދާޅުވެފައި ވަނީ އިސްރާޢީލުން ލުބްނާނަށް ހަމަލާދީފިނަމަ ޓެލްއަވީވަށް އަލިފާނުގެ ވާރޭ އޮއްސާލާނެކަމުގަ އެވެ. މިވަރުގެ ބޮޑު ގެއްލުމެއް އުފުލަން އިސްރާޢީލު ތައްޔާރަށް އޮތްކަމުގައި ވާނަމަ ލުބްނާނަށް ހަމަލާދޭންވީ އެވެ. އިތުރު ގެއްލުމާ ހަލާކު އުފުލަން ބޭނުން ނޫންނަމަ ހިމޭނުން އޮންނަންވީ އެވެ. ޒަޔަނިސްޓު ޔަހޫދީންނަކީ އެމީހުންގެ ތެރެއިން އެންމެ މީހަކުވެސް މަރުނުވެ ހަނގުރާމަތަކުން ނަޞްރު ލިބުން އެދޭ ބައެކެވެ.


2006ގެ ހޫނު މޫސުމުގައި ހިނގާދިޔަ 34 ދުވަހުގެ ހަނގުރާމަ ފެށެން މެދުވެރިވި ސަބަބެއްކަމުގައި ވަނީ ޙިޒްބުﷲ ޖަމާޢަތުން އިސްރާޢީލު ސިފައިންގެ ދެ މީހުން ހައްޔަރުކުރުމާ ގުޅިގެންނެވެ. ޙަޤީޤަތުގައި މިކަމެއް ހިނގީ އެބައިމީހުން ލުބްނާނުގެ ތެރެއަށް ސިއްރުން ވަދެގެން ޢުދުވާނެއް ހިންގަން ރާވަނިކޮންނެވެ. ހައްޔަރުކުރެވުނު ދެ މީހުން އޭރުވަނީ ޒަޚަމްވެފައިކަމަށް އޮތީ ބެލެވިފަ އެވެ. އެ ހާދިސާއަށް ބަރާބަރު ދެ އަހަރު ވީފަހުން، ޖުލައި 2008ގައި އިސްރާޢީލުގެ އެދުމުގެ މަތީން އެ ދެމީހުން އިސްރާޢީލާއި ހަވާލުކުރުމަށް ޙިޒްބުﷲ އިން އެއްބަސްވި އެވެ. ނަމަވެސް ޝަރުތަކީ އިސްރާޢީލުގެ ޖަލުތަކުގައި ތިބި ލުބްނާން އާއި ފަލަސްޠީނު މީހުންގެ ތެރެއިން 1000 މީހުން ދޫކޮށްލުމެވެ. އަސީރުން ބަދަލުކުރުމުގެ ތެރޭގައި ދެ ފަރާތުންމެ މަރުވެފައި ތިބި މީހުންގެ ހަށިތައް ވެސް ބަދަލުކުރުމަށް އޮތީ އެއްބަސްވެފަ އެވެ. އިންޓަނެޝަނަލް ކޮމިޓީ އޮފް ދަ ރެޑްކްރޮސް މެދުވެރިކޮށް އަސީރުންނާއި ސަންދޯއްތައް ބަދަލުކުރުމުގެ ވަގުތު އައިސްޖެހުނުއިރު ދެފަރާތުގެ އޮފިޝަލުންނާއި އެ ނޫންވެސް ކަމާބެހޭ މީހުންތައް ސަރަހައްދީރޮނގު ކައިރިއަށް ޖަމާވެ މުޅިތަން އޮތީ ފުރިފަ އެވެ. އަދި އެ މަންޒަރުތައް ނިއުސް ޗެނަލްތަކުން ވަގުތުން ޓެލެވައިޒްކޮށްގެން މުޅި ދުނިޔެއަށް އޭރު ދިޔައީ ދައްކަމުންނެވެ. އިސްރާޢީލުގެ އޮފިޝަލުންނާ، ހައްޔަރުކުރެވުނު އިސްރާޢީލު ސިފައިންގެ ދެމީހުންގެ އާއިލާތަކުން ހީކޮށްގެން ތިބިގޮތާ ޚިލާފަށް ޙިޒްބުﷲ އިން ޖެނެސްދިނީ އެ ދެ މީހުންގެ ހަށިތައް އެކުލެވޭ ދެ ސަންދޯކެވެ. ރޮމުން ތިބި ހާލު އެ ސަންދޯއްތަކުގައި ހިފައި އެއް ބަސްވުމާއި އެއްގޮތަށް އަމަލުކުރުން ނޫންގޮތެއް އިސްރާޢީލަކަށް އެވަގުތަކު ނެތެވެ. ވުމާއެކު ޢަރަބި މުސްލިމް އަސީރުންގެ ތެރެއިން 1000 މީހުން ދޫކޮށްލައި 200 މުޖާހިދުންގެ ހަށިތައް ޙިޒްބުﷲ އާއި ހަވާލުކުރި އެވެ. އިސްރާޢީލުގެ މައްޗަށް ޙިޒްބުﷲ އިން ހޯދި އެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން އެ ދުވަހަކީ ލުބްނާންގައި ބަންދު ދުވަހެއް ކަމުގައި އިޢުލާނުކޮށް ބޮޑަތި އިޙްތިފާލްތައް ބޭއްވުނެވެ. އެ ދުވަހަކީ ލުބްނާންގެ ސަރުކާރާއި ރައްޔިތުން އެއް އަޑަކުން އެއްބައިވަންތަކަން ފާޅުކުރި ދުވަހެކެވެ. އެ ދުވަހުގެރޭ ޝެއިޚް ޙަސަން ނަޞްރުﷲ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މީސްތަކުންގެ ތެރެއަށް ނުކުމެވަޑައިގެން މިނިވަންކުރެވުނު މުޖާހިދުންނާ ސަލާމްކުރައްވާ ހެއްދެވި އެވެ. މިކަންކުރެއްވީ އޭނާ ހުންނެވި ކޮންމެ ތަނަކަށް އިސްރާޢީލުގެ ޖާސޫސީ އޭޖެންޓުންނާ ޢަސްކަރިއްޔާއިން ހަމަލާދޭނެކަން އެނގިވަޑައިގަންނަވާ ހާލުގަ އެވެ. އެއަށްފަހު ގިނަ އިރުތަކެއްނުވެ ނަޞްރުﷲ އޭނާގެ ހަށިފާރަވެރިންނާއެކު ވަޑައިގަތް ތަނެއް އެކަކަށް ވެސް ނޭނގުނެވެ. ނަމަވެސް ދެން ފެނުނީ އެކި ތަންތަނުގައި ބެހެއްޓިފައި ހުރި ބޮޑެތި ޓީވީ ސްކްރީންތަކުން ލުބްނާނުގެ ރައްޔިތުންނާ ނަޞްރުﷲ މުޚާތަބުކުރައްވަނިކޮންނެވެ. އެރޭގެ ވާހަކަފުޅުގައި ޢަރަބިންނަށް ނާކާމިޔާބުވި ޒަމާން ނިމިއްޖެކަމަށް ވިދާޅުވި އެވެ. ވުމާއެކު ދެން މި ފެށެނީ ޒަޔަނިސްޓު އިސްރާޢީލުގެ މައްޗަށް ކާމިޔާބުހޯދުމުގެ ޒަމާންކަމަށް އިޢުލާނުކުރެއްވި އެވެ.


2000ވަނަ އަހަރުގެ މޭ މަހު އިސްރާޢީލަށް ވަނީ ދެކުނު ލުބުނާނުން އަމިއްލައަށް ފައިބައިގެންދާން މަޖުބޫރުވެގެން އެތަން ދޫކޮށް ގޮސްފަ އެވެ. ޙިޒްބުﷲ މުޖާހިދުންގެ ހަމަލާތަކަށް ކެތްނުވެގެން އެތަނުން އިސްރާޢީލް ފޭބީ ނުފައިބާނެކަމަށް ހަރުއަޑުން ގޮވިތާ އެއް އަހަރު ވެސް ނުވަނީހެވެ. ދެކުނު ލުބްނާންގައި އިސްރާޢީލުގެ ގިނަ އަދަދެއްގެ ސިފައިން މަރުވަމުންދާތީ އެތަންދޫކޮށް ދިޔުމަށް އިސްރާޢީލުގައި އޭރު ހުރި ބޮޑުވަޒީރު އިހޫދު ބަރާކް ބޭނުންވާކަން އިޢުލާނުކުރުމުން އޭރިއަލް ޝަރޯން އެކަމަށް ފާޑުކި އެވެ. ޝެރޯން އޭރު ހުރީ ލިކޫޑް ޕާޓީގެ ލީޑަރުކަމުގެ މަޤާމުގައިކަމުން އޭނާ ބޭނުންވެފައި އޮތީ ހަރުކަށިކަން ދައްކައިގެން ބޮޑުވަޒީރުކަމުގެ މަޤާމަށް އައުމަށެވެ. މިހެންކަމުން ޝެރޯން ބުނެފައިވަނީ 1000 އަހަރު ފާއިތުވިކަމުގައި ވިޔަސް އިސްރާޢީލު ދެކުނު ލުބުނާނުން ނުފައިބާނެކަމުގަ އެވެ. ޝެރޯންގެ މި ބަހަށް ރައްދުދިނުމުގެ ގޮތުން ޙިޒްބުﷲ އިން ބުނެފައިވަނީ، އެއްހާސް އަހަރު ވަންދެން ޝެރޯންގެ އިސްރާޢީލު ދެމިއޮންނާނެއޭ އޭނާ ގާތު ބުނީ ކާކުހެއްޔެވެ؟ މި ސުވާލަށް ދޭނެ ޖަވާބެއް ނޭނގި ބަސްހުއްޓިފައި ތިބެންޖެހުނުތާ ގިނަ ދުވަހެއްނުވެ އިސްރާޢީލަށް ދެކުނު ލުބުނާނުން ފައިބަންޖެހިއްޖެ އެވެ. މި ހުރިހާކަމެއް ހިނގިއިރު ދެކުނު ލުބްނާންގައި އިސްރާޢީލާ އެއްކޮޅަށް ހަނގުރާމަކުރުމަށް ސައުތް ލެބަނަން އާމީގެ ނަމުގައި އިސްރާޢީލުން ޢަރަބި ކްރިސްޓިޔަނުންގެ ލަޝްކަރެއް އުފައްދާފައި އޮތެވެ. އިސްރާޢީލު ދެކުނު ލުބްނާން ދޫކޮށްދާއިރު މިބުނެވުނު ކްރިސްޓިޔަން ބައިގަނޑު ހިމާޔަތްކުރަންޖެހިފައި ވާތީ އެބައިމީހުން އެމީހުންގެ އާއިލާތަކާއެކު ގެންގޮސް އިސްރާޢީލުގައި 'ވަގުތީގޮތުން' ވަޒަންވެރި ކުރުވީ އެވެ.


އޭރިއަލް ޝެރޯންގެ ހިތި ނިމުން:


އޭރިއަލް ޝެރޯން އަކީ ފަލަސްޠީނު މީހުންގެ މައްޗަށް އަނިޔާވެރިކަމުގައި ޙައްދުފަހަނާއަޅާދިޔަ މީހެކެވެ. އަދި އެއީ ޞަބްރާ އާއި ޝާތީލާގެ ޤާތިލުވެސްމެ އެވެ. ޞަބްރާ އާއި ޝާތީލާއަކީ 1982ވަނަ އަހަރު ލުބްނާންގައި ފަލަސްޠީނު މީހުން ދިރިއުޅެމުންދިޔަ ދެ ރެފިއުޖީ ކޭމްޕެވެ. ޝެރޯންގެ ބެލުމުގެ ދަށުން އެތަނަށް ހަތިޔާރުއެޅި ޔަހޫދީންނާ ކްރިސްޓިޔަނުންތައް ފޮނުވައިގެން އެތަނުގައި ތިބި މީހުންގެ ތެރެއިން އަންހެނުންނާ ކުޑަކުދީންތަކަށް ދާންދެން ވަނީ 'ކުދިކޮށް ކޮށާފަ' އެވެ. އެއީ މުޅިއެކު 3500 މުސްލިމުންނަށްވުރެ ގިނައިން މަރާލެވުނު ޤަތުލުޢާންމެކެވެ. މީހެއްގެ ހިތަށް ގެންނަން ދަތިވާފަދަ އަނިޔާވެރި ގޮތްގޮތަށް ކުޑަކުދިންނާ އަންހެނުން ވެސް މަރާފައި ވެއެވެ. 2000ވަނަ އަހަރު ޝެރޯން މާތްވެގެންވާ ޙަރަމުއްޝަރީފަށް ގަދަކަމުން ވަދެ އެތަނަކީ ޔަހޫދީންގެ ތަނެއްކަމަށް ބުނެ މުސްލިމުން ރުޅިއަރުވާހަދާފައި ވެއެވެ. މިހެންކަމުން ފަލަސްޠީނު ޒުވާނުންނާ އިސްރާޢީލުގެ ސިފައިންނާ ދެމެދު ތަޅާފޮޅުންތައް ފެށުނެވެ. ދެން އައި އޭނާގެ ބޮޑުވަޒީރުކަމުގައި ފަލަސްޠީނު މީހުން ނުހަނު ބޮޑަތި ވޭންތައް އުފުލަންޖެހުނެވެ. އިސްރާޢީލުގެ ކުރީގެ ސަރުކާރުތަކުން ފަލަސްޠީނު މީހުންނާ ވެފައި އޮތް ހުރިހާ އެއްބަސްވުންތަކެއް އުވާލި އެވެ. ފަލަސްޠީނާ ބޭރު ދުނިޔެއާއި ގުޅުވައިދޭ ހަމައެކަނި ވައިގެ ބަނދަރު ކަމުގައިވާ ޣައްޒާ އިންޓަނެޝަނަލް އެއަރޕޯޓްގެ ރަންވޭ ބުލްޑޫޒަރުތައް ބޭނުންކޮށްގެން ކޮނެގެން ނަގާ ކަނޑަށް އުކާލި އެވެ. މިހެން ކަންތައްކުރިއިރު އެތަނަކީ ފަލަސްޠީނުގެ މުސްލިމް ރައްޔިތުން ބޭރުގެ އެހީގައި އެތަކެއް ދާއޮހޮރުވައިގެން ހަދާފައިވާ ތަނެކެވެ. އެއަށްފަހު ރައީސް ޔާސިރު ޢަރަފާތު ރާމުﷲގައި ބަންދުކުރި އެވެ. އެންމެފަހުން ޢަރަފާތު އަވަހާރަވީ ވެސް އޮފީހުގައި ބަންދުވެގެން އިންނަންޖެހިވަޑައިގެން އެގޮތުގައި އިންނަވާތާ އެއް އަހަރުވީ ފަހުން ޖެހުނު އާލާސްކަންފުޅުގައެވެ.


ޝެރޯން އަކީ އެއްއިރުގެ ކެއުމަށް 6 ރޯސްޓްކުރި ކުކުޅު ކާލާ މީހެކެވެ. މީރުކޮށް ކައިގެން ފުއްޕާފައި އުޅެނިކޮށް އޭނާ އެގޮތަށް އުޅުމުގެ ދުވަސްތައް ދާދި އަވަހަށް ހަމަކުރައްވައިފި އެވެ. 18 ޑިސެމްބަރު 2005ގައި ޝެރޯންއަށް ސްޓްރޯކެއް ޖެހިގެން ފަރުވާދެވެމުން ދަނިކޮށް 4 ޖެނުއަރީ 2006ގައި އިތުރު ސްޓްރޯކެއްޖެހުނެވެ. އެދުވަހުން ފެށިގެން އޭނާ މަރުވަންދެން ވެސް އޮތީ ފުރާނަހުރި މައްޔިތެއް ފަދައިންނެވެ. އޭރު ކޯމާގައި އޮންނަތާ 7 އަހަރު ވަނީ ފާއިތުވެ ގޮސްފަ އެވެ. އޭނާ ގަދަވާނެ ކަމުގެ އެއްވެސް އުންމީދެއް އޭރުވެސް ޑޮކްޓަރުންގެ ނެތެވެ. އެކަމަކު ހަށިގަނޑުގައި ވިންދުހުރީތީ ވަޅުނުލެވިފައި އޮތީއެވެ. ދުނިޔޭގެ ރެކޯޑްތައް ދައްކާގޮތުން ކޯމާއެއްގައި 37 އަހަރު ވަންދެން ވެސް އޮވެދާނެ އެވެ. ނުވަތަ އެއަށްވުރެ ވެސް ދިގު މުއްދަތަކަށް އޮވެދާނެ އެވެ. ޝެރޯން އޭރު އޮތް ކޯމާގެ ބާވަތަށް ކިޔަނީ 'ޕާރސިސްޓެންޓް ވެޖިޓެޓިވް ސްޓޭޓް' އެވެ. މިބާވަތުގެ ކޯމާގައި ވާގޮތަކީ އެހެން މީހުންނަށް ނޭނގޭ ގޮތަކަށް ހޭއަރާފައި އަލުން ކޯމާއަށް ގޮސް މިގޮތް ތަކުރާރުވަމުން ދިޔުމެވެ. މިހެން ދިމާވަނީ ސިކުނޑިއަށް ބޮޑަތި ގެއްލުންތައް ލިބޭ މީހުންނަށެވެ. ސްޓްރޯކް ޖެހުނުތާ ކައިރީގައި ޑޮކްޓަރުން ވަނީ ޝެރޯންގެ ސިކުޑިން ލޭފޭބުން ބަންދުކޮށްލުމަށްޓަކައި ބޮޑު ދެ އޮޕަރޭޝަންކޮށްފަ އެވެ. ޔަހޫދީންނަކީ މުޅިން ދުނިޔެއާއި ހެދިގެން އުޅޭ ބައެއްކަމުން މަރުވުމަށް އެއްގޮތަކަށް ވެސް ނުރުހޭ ބައެކެވެ. ޤުރުއާނުގައި ބަޔާންވެގެންވާގޮތުން އޭގެން ކޮންމެ މީހަކު 1000 އަހަރު ވަންދެން ދުނިޔޭގައި ދިރިއުޅެން ބޭނުންވެ އެވެ. އެކަން އެބައިމީހުންނަށް ދެއްވިކަމުގައި ވިޔަސް ނަރަކައިން ސަލާމަތްނުވާނެކަން އަންގަވާފައި ވެއެވެ. ޝެރޯންއަށް އޭރު ޖެހިފައި އޮތް ހާލު އެއީ އަނިޔާވެރިންނަށް ހުރި ޢިބުރަތެކެވެ.


ހުޅަނގު ދުނިޔޭގެ ފައިސާތައް ކޮންޓްރޯލްކުރަނީ ޔަހޫދީން:


މިވަގުތު އިސްރާޢީލުގައި ޤާއިމްވެ އޮތް ބެންޖަމީން ނަތަންޔާހޫގެ ސަރުކާރުން ދަނީ އިރުމަތީ ޤުދުސްގެ ގެތަކުން ފަލަސްޠީނު މީހުންތައް ނެރެ އެތަންމިތަނަށް ފައްސާލަމުންނެވެ. މީގެ ބޭނުމަކީ ފަލަސްޠީނު މީހުންގެ ބިންތައް އިތުރަށް ފޭރިގަނެގެން އެތަންތަނުގައި ޔަހޫދީންނަށް ގޮދޮރުއަޅާދިނުމެވެ. މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ވެސް މުޅިން ޚިލާފަށް ޔަހޫދީ ދައުލަތުން ކުރަމުން އަންނަ ކަމަކަށް ވާތީ އިސްރާޢީލުގެ އެކުވެރި އެމެރިކާއިން ވެސް ވަނީ 'ކަންބޮޑުވާކަމަށް' ދުލުކޮޅުން ބުނެފަ އެވެ. މިފަދަ އެތައް ކަމަކާހުރެ ފަލަސްޠީނާ އިސްރާޢީލާއި ދެމެދުގައި ޞުލްޙައިގެ މަޝްވަރާކުރުންތައް އަލުން ފެށިދާނެކަމުގެ ހުރިހާ އުންމީދެއް ވަނީ ވެއްޔާމޮޑެވިފަ އެވެ. އެމެރިކާއިން ޓެލްއަވީވްގައި ހުރި އެ ޤައުމުގެ އެމްބަސީ ޤުދުސްއަށް ބަދަލުކުރުން ވެގެންދިޔައީ ފަލަސްޠީނު މީހުން އިތުރަށް ރުޅިއައި ކަމަކަށެވެ. މިހެން ކަންއޮތްކަމުގައި ވިޔަސް މެދުއިރުމަތީގެ ޞުލްޙައިގެ ވާހަކަތައް އަލުން ފެށޭތޯ ޢަރިބި ސަމިޓެއް މިއަންނަ ޖުލައިމަހު ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަމިޓުން އެދެވޭ ރަނގަޅު ނަތީޖާއެއް ނުނިކުމެއްޖެނަމަ ހަނގުރާމައަކާ ދިމާއަށް މެދުއިރުމަތި ދިޔުން ވަރަށް ގާތްކަމުގައި އުރުދުންގެ ޢަބްދުﷲ ރަސްގެފާނު ވަނީ ހާމަކޮށްފަ އެވެ. ޖުލައި މަސް އަންނަންވާއިރަށް އިސްރާޢީލާއި ފަލަސްޠީނުން ވެސް ދެބައިމީހުންގެ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ. މިހެން ނޫންނަމަ ހަނގުރާމައަކަށް ދިޔުން އޮންނާނީ ވަރަށް ގާތުގަ އެވެ. ފަލަސްޠީނުން މިހާރު ބުނެފައި ވަނީ ޔަހޫދީން ފަލަސްޠީނު މީހުންގެ ބިންތަކުގައި އިތުރު ގެތައްއެޅުން ހުއްޓާނުލާހާ ހިނދަކު މަޝްވަރާގެ މެޒުދޮށަށް ނާންނާނެކަމުގަ އެވެ. އެކަމަކު އިސްރާޢީލުން ވަނީ އިތުރު ޔަހޫދީ އާބާދީތައް ހެދުން ހުއްޓާނުލާނެކަމަށް އަންގާފަ އެވެ. މުސްލިމުންނާ ޔަހޫދީ ޒަޔަނިސްޓުން ޞުލްޙަވެރިވުމަކީ މުސްތަޙީލުކަމެއް ކަމަށް މިހާތަނަށް ސޮއިކުރެވުނު އެތަކެއް އެއްބަސްވުންތަކުން ވަނީ ދުނިޔެއަށް ހާމަވެގެން ގޮސްފަ އެވެ. އެހެނީ ޞުލްޙައިގެ އެއްވެސް އެއްބަސްވުމަކަށް އިސްރާޢީލުގެ ޔަހޫދީން އަމަލު ނުކުރާތީ އެވެ.


ޔަހޫދީންނާއެކު ޞުލްޙައިގެ ވާހަކަތައްދައްކާ އެގުރީމެންޓްތަކުގައި ސޮއިކުރުމަކީ ފޫނެއް ފާއަކަށް ފެންފުރުން ފަދަ ކަމެއްކަން މިހާރު އޮތީ އެނގި ސާބިތުވެފަ އެވެ. މިކަމުގެ ހެއްކަކަށް ޔާސިރު ޢަރަފާތު ސޮއިކުރެއްވި "އޮސްލޯ އެކޯޑްސް" އެކަނިވެސް ފުދޭހައި ވެއެވެ. ފަލަސްޠީނުގެ ބިން އިސްތިޢުމާރުކޮށްގެން ތިބި ޔަހޫދީންތައް ފައްސާލުމަށް އޮތީ އެންމެ ގޮތެކެވެ. އެގޮތަކީ ހަނގުރާމަކުރުމެވެ. ހަތިޔާރުން ޖިހާދުކުރުމުގެ މަގު ދޫކޮށް އެއްބަސްވުންތަކުގައި ސޮއިކުރިވަރަކަށް ފަލަސްޠީނު މީހުން އިތުރަށް ނިކަމެތިވުން ނޫންކަމެއް މެދުވެރިއެއް ނުވާނެ އެވެ. އެހެނީ ޔަހޫދީން ތިބީ ފަލަސްޠީނުގެ ބިމުން އެންމެ ތަންކޮޅެއްވެސް ދޫނުކުރުމަށް އަޒުމްކޮށް އެގޮތުގައި ހަނގުރާމަކުރުމަށް ތައްޔާރަށެވެ. ކިރިޔާ ދެބަސްވާންޖެހޭ ކަމެއް ހިނގިޔަސް ހަތިޔާރު އުފުލުން ނޫންކަމެއް ޔަހުދީންނަށް ދަސްވެފައެއް ނެތެވެ.


މުސްލިމުން ބައިބައިކޮށް އެއްބަޔަކު އަނެއްބަޔަކާ ޖައްސުވައިގެން ހަނގުރާމަކުރުވާ ބަޔަކީ ވެސް ޒަޔަނިސްޓް ޔަހޫދީންނެވެ. ޒަޔަނިސްޓުންނަށް މިފަދަ ކަންކަން ކުރެވެނީ ދުނިޔޭގައި އެނބުރެމުން މިދާ ފައިސާތައް ކޮންޓްރޯލްކުރަނީ އެމީހުންކަމުގައި ވާތީ އެވެ. ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސެންޓްރަލް ބޭންކް ކަމުގައިވާ ފެޑެރަލް ރިޒާވް އަކީ ވެސް ޙަޤީޤަތުގައި އެމެރިކާ ދައުލަތުގެ މުއައްސަސާއެއް ނޫނެވެ. އެއީ ޔަހޫދީ އާއިލާއެއްގެ ޕްރައިވެޓް ބޭންކެކެވެ. މި ބޭންކުގެ މައްޗަށް ވެރިކަން ހިންގާ ކޮންޓްރޯލްކުރާ ބަޔަކީ ރޮތްސްޗައިލްޑް އާއިލާ އެވެ. އެމެރިކާގެ ހުރިހާ ބޭންކުތައް ބަރޯސާވާންޖެހިފައި ވަނީ ފެޑެރަލް ރިޒާވްއަށްކަމުން އެ ޤައުމުގެ އެންމެހާ ބޭންކްތައް ވަނީ ޔަހޫދީންގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެމެރިކާ ރައްޔިތުންގެ އާމްދަނީ އިން ނެގޭ އެންމެހާ ޓެކްސްތައް ސީދާގޮސް ޖަމާވަނީ އިނގިރޭސިވިލާތުގެ ބޭންކް އޮފް އިންގްލަންޑަށެވެ. މި ބޭންކާއެކު މުޅި ލަންޑަންގެ މާލިއްޔަތު ކޮންޓްރޯލްކުރާ ބަޔަކީ ވެސް ރޮތްސްޗައިލްޑް އާއިލާއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ (ދައުލަތުގެ ޚަޒާނާގެ) މައްޗަށް ވެސް ފެޑެރަލް ރިޒާވްގެ ބާރު ފޯރުވާފައިވާ މިންވަރު ވަރަށް ބޮޑެވެ. އެމީހުން ބޭނުންވެއްޖެ މިންވަރަކަށް އެމެރިކާގެ މައި ސަރުކާރު ދަރުވާލުމުގެ ބާރު ލިބިފައި ވެއެވެ. މި ހުރިހާ ކަންކަން ރާވާ ހިންގަނީ ކޮންގްރެސް އިން ފާސްކުރާ ބިލްތައް ރައީސްލައްވާ ތަސްދީޤުކުރުވައި ޤާނޫނުތަކަށް ބަދަލުކޮށްގެންނެވެ. ކޮންގްރެސްގައި ހިމެނޭ ސެނެޓް އާއި ހައުސް އޮފް ރެޕްރެސެންޓެޓިވްސް (ޤާނޫނު ހަދާ މަޖްލިސްގެ މަތިގެއާއި ތިރިގެ) ވެސް ކޮންޓްރޯލްކުރަނީ ޔަހޫދީންނެވެ. ނޫޓުތައް ޗާޕްޖަހާ ކޮންމެ ފަހަރަކު އެމެރިކާ ސަރުކާރުގެ އެތެރޭގެ ދަރަނި ފެޑެރަލް ރިޒާވުން ބޭނުން މިންވަރަކަށް އުފުލާލެވެ އެވެ. އެމެރިކާގެ ރައީސް އަކީ ވެސް ޔަހޫދީން ބޭނުންވާގޮތަށް ކަންކަން ކުރުމަށް މަތިކުރެވިފައި ހުންނަ މީހެކެވެ. އެހެނީ ރައީސުންގެ ރިޔާސީ ކެމްޕޭންތަކަށް އެންމެ ގިނަ ފައިސާ ޚަރަދުކޮށްދޭ ބަޔަކީ ޔަހޫދީންކަމުގައި ވާތީ އެވެ. މި ހުރިހާ ކަމެއްގެ އިތުރުން އޮސްޓްރިޔާ އާއި ސްވިޓްޒަލެންޑްގެ ބޭންކިން ސެކްޓަރ ވެސް ކޮންޓްރޯލްކުރަނީ ޔަހޫދީންނެވެ.


ސީރިޔާގެ އަހުލީ ހަނގުރާމަ ފެއްޓުވުމުގެ އަޑީގައި ވަނީ އިސްރާޢީލު:


ޢަރަބި ޤައުމުތަކުގެ ތެރެއިން އިސްރާޢީލާ ޞުލްޙަވާން ފާޅުގައި ދެކޮޅުހަދާ ޤައުމަކީ ހަމައެކަނި ސީރިޔާ އެވެ. ސީރިޔާއިން ޔަހޫދީ އިސްރާޢީލާ ޞުލްޙަވެގެން އުޅެން ބޭނުންނުވާ އެތަކެއް ސަބަބުތައް އެބަހުއްޓެވެ. ފުރަތަމައިނުން އޮތް މައްސަލައަކީ 1967ގެ ޖޫންމަހު ޢަރަބިންނާ އިސްރާޢީލާ ދެމެދު ކުރެވުނު ހަނގުރާމައިގައި ސީރިޔާގެ ގޯލާންގެ އުސްބިންތައް އިސްރާޢީލު ހިފައިގެން އޮންނަ މައްސަލަ އެވެ. މި ބިންތަކަކީ ސްޓްރެޖިކް ގޮތުން އިސްރާޢީލު ބާރުވެރިކަމުގައި އޮތުމަށް އެޤައުމަށް މުހިންމު ބިންތަކެއް ކަމުން އެ ބިންތައް އެއީ އިސްރާޢީލުގެ މިލްކެއް ކަމުގައި އަމިއްލައަށް ވަނީ ހަމަޖައްސާފަ އެވެ. މިކަމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުން މަނާކުރާ ކަމެއްކަމުން އެކަން އދ އިން ވެސް ޤަބޫލުކޮށްފައެއް ނުވެ އެވެ. މިހެންކަމާއެކު އދ އިން އެކަން އެގޮތަށް ނުކުރެވޭނެކަމަށް އިސްރާޢީލަށް އަންގާފައި ވެއެވެ. ނަމަވެސް އިސްރާޢީލަކީ ބައިނަލްއަޤްވާމީ އެއްވެސް ޤާނޫނަކަށް ބަލައިގެން އަމަލުކުރާ ޤައުމެއް ނޫނެވެ.


ސީރިޔާއިން އިސްރާޢީލު ނުރުހޭނެ އެތައްކަމެއް ކުރަމުން ދެއެވެ. މިގޮތުން ލުބްނާންގައި އިސްރާޢީލު އަޑީގައި އޮވެގެން 1970ގެ އަހަރުތަކުގައި ފައްޓުވާފައިވާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނެސް އެ ޤައުމަށް ޞުލްޙަ ގެނައުމުގައި ސީރިޔާގެ ސިފައިން އަދާކޮށްފައިވާ ދައުރަކީ އިސްރާޢީލު ވަރަށް ނުރުހުންވި ކަމެވެ. މިކަންކަމުގެ އިތުރުން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުގެ ވެރިންނަށް ސީރިޔާގައި ހިމާޔަތްދީގެން ގެންގުޅުމާއި، ސީރިޔާގައި ތިބި ފަލަސްޠީނުގެ ރެފިއުޖީންނަށް ސީރިޔާގެ ރައްޔިތުންނެކޭ އެއްފެންވަރުގެ ޚިދުމަތްތައް ލިބިދިނުން ވެސް މިއީ އިސްރާޢީލު ވަރަށް ނުރުހުންވެ ރުޅިއައި ކަންކަމެވެ.


އިސްރާޢީލަށް ދެން އޮތް އަނެއް މައްސަލައަކީ ލުބްނާންގެ ޙިޒްބުﷲ ޖަމާޢަތަށް އީރާނުން ފޮނުވާ ފައިސާއާއި ހަތިޔާރު ސީރިޔާ މެދުވެރިކޮށް ލިބިދެވޭނެ ގޮތް ހަމަޖައްސާފައި އޮންނަ އޮތުމެވެ. އިސްރާޢީލު ބޭނުންހާ ގޮތެއް ލުބްނާންއަށް ނުހެދިގެން އުޅެނީ ސީރިޔާގެ މިފަދަ އެތައް އަމަލުތަކެއްގެ ސަބަބުންނެވެ. މިކަންކަމަކީ ބައްޝާރުލް އަސަދު 2000ވަނަ އަހަރު ސީރިޔާގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ސީރިޔާއިން ކުރަމުންއައި ކަންކަމެވެ. މިހެންކަމާއެކު ސީރިޔާ ސުންފާތިކޮށްލުމުގެ ނުބައި ރޭވުން އިސްރާޢީލުން ރާވާ ނިންމީ 1983ވަނަ އަހަރު އެވެ.


ޢަރަބި ރަބީޢުގެ ނަމުގައި މެދުއިރުމަތީގައިވާ ޤައުމުތަކުގެ ސަރުކާރުތައް ވައްޓާލަން އެ ޤައުމުތަކުގެ ރައްޔިތުން މަގުތަކަށް ނެރުމުގެ އަޑީގައި އޮތީ އިސްރާޢީލާ ހުޅަނގުގެ ޤައުމުތަކެވެ. ޔަހޫދީން ބޭނުންވާ ވަކި ޢަރަބި ޤައުމުތަކެއްގެ ރައްޔިތުން ލައްވާ ވެރިކަމާ ދެކޮޅު ހަރަކާތްތައް ހިންގުވާފައި ވަނީ އެ ޤައުމުތަކުން އިސްރާޢީލަށް އެއްބާރުލުންދީ ބޭނުންވާ ކަންކަން ކޮށްނުދޭތީ އެވެ. އެގޮތުން ތޫނިސްއާއި ލީބިޔާ އަދި މިޞުރާއި، ޔަމަންއާއި ސީރިޔާ ވަނީ 2011ވަނަ އަހަރު އަމާޒުފަތްގަނޑަކަށް ހަދާފަ އެވެ. އޭރު އިސްރާޢީލަށް އެއްބާރުލުންދެމުންއައި ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކަށް ލޮޅުމެއް ނާދެ އެވެ. އެގޮތުން ސައުދީ އަރަބިއްޔާ އާއި ޤަޠަރު، އޯމާންއާއި އުރުދުން، މޮރޮކޯއާއި ޖަޒާއިރު އަދި ކުވައިތުއާއި ޢިރާޤު ފަދަ ޤައުމުތަކުގެ ސަރުކާރުތަކަށް ރައްޔިތުންގެ ޕްރެޝަރެއް ދިމާނުވެ އެވެ. ސީރިޔާ ސުންނާފަތިކޮށްލައިގެން ނަމަވެސް އެ ޤައުމުގައި އޮތް ބައްޝާރުލް އަސަދުގެ ސަރުކާރު ވައްޓާލުމުގެ ބޭނުމުގައި އެ ޤައުމުގައި ތަކްފީރީ ޓެރަރިސްޓް ޖަމާޢަތްތައް އުފައްދާ އެފަދަ ގްރޫޕްތަކަށް ހަތިޔާރާ ފައިސާ ފޮނުވުމުގެ ކަންކަން އިސްރާޢީލުން ހަވާލުކުރީ ސައުދީ ޢަރަބިއްޔާ އާއި ޤަޠަރާ އެވެ. ސީރިޔާގެ އަހުލީ ހަނގުރާމަ ފެއްޓުވުމުގައި ތުރުކީއިން ވެސް ފުރަތަމަކޮޅު ނުބައިހެދި އެވެ. ތަކްފީރީ ދާޢިޝް ޖަމާޢަތާއި ޖަބްހަތުއްނުސްރާ އުފައްދައި އެ ޖަމާޢަތްތަކަށް ދުނިޔޭގެ ތަންތަނުން ތަންދޮރު ނުދަންނަ ޒުވާނުން ފޮނުވުމުގައި ސައުދީގެ ފައިސާ ލިބޭ ދީނީ ޢިލްމުވެރިން ނެރެމުންދިޔަ ދެއުޅިއެއްނުވާ ފަތުވާތައް ނުބައި ރޯލެއް ކުޅުނެވެ. އެންމެފަހުން ސީރިޔާގައި ހަރަކާތްތެރިވަމުންދިޔަ ޓެރަރިސްޓް ޖަމާޢަތްތައް ހަނގުރާމައިގައި ބަލިވާން ފެށުމުން އެބައިމީހުންގެ ދިފާއުގައި ސީދާ ހަނގުރާމަކުރަން ފެށީ އިސްރާޢީލާ އެމެރިކާ އެވެ. އިސްލާމީ ޚިލާފަތު މިއޮއްގެން ޤާއިމުވަނީއޭ ގޮވަމުންދިޔަ ތަކްފީރީ ޖަމާޢަތްތަކުގެ ހަޤީޤީ ސޫރަ މުޅި ދުނިޔެއަށް ފެނި އެއްކޮށް ފަލީހަތްވެގެން ދިޔައީ މިހާ ހިސާބުންނެވެ.


މިއަދު ސީރިޔާގެ ބިމަށް ސަރަހައްދީ ބާރުތަކާއި ދުނިޔޭގެ ބޮޑެތި ބާރުތަކުން މި އޮތީ ޖަމާވެފަ އެވެ. އެހެންކަމުން މިފެށުނު 2019ވަނަ އަހަރު ނިމުމުގެ ކުރިން ސީރިޔާގައި އަނެއްކާ އިތުރު ހަނގުރާމައެއްގެ ހުޅުފަޅައިގެން ދިޔުމުގެ ބިރު އެބަ އޮތެވެ. ދުނިޔޭގެ ބޮޑު ދެބާރު ކަމުގައިވާ ރަޝިޔާ އާއި އެމެރިކާގެ ސިފައިންނާއި ހަނގުރާމަމަތީ ސާމާނުތައް ސީރިޔާގައި ތިބީ ދެންމެދެންމެ ކުރިމަތިލުމަކަށް ހިނގައިދާނެ ފަދަ ގޮތެއްގަ އެވެ. ތުރުކީ ސިފައިން ސީރިޔާއަށް އަރާތިބީ ކުރުދީން ތުރުކީގެ ބިމުން ބައެއް އަތުލަފާނެތީ އެކަން ހުއްޓުވަންކަމަށް ބުނެ އެވެ. ސަރަހައްދީ ބޮޑު ބާރެއް ކަމުގައިވާ އީރާނާ އިސްރާޢީލުގެ ކުރިމަތިލުންތައް ސީރިޔާގައި ހިނގަމުންދެ އެވެ. މިގޮތުން އީރާނުގެ ސިފައިން ތިބޭ ތަންތަނަށް އިސްރާޢީލުގެ ފައިޓަރ ޖެޓްތަކުން ހަމަލާދެމުން ދެއެވެ. ސީރިޔާގެ މިސައިލުން ދިފާއުވާ ނިޒާމްތަކުން އިސްރާޢީލުގެ މަތިންދާބޯޓުތަކަށް ހަމަލާތައް އަމާޒުކުރަމުން ދެއެވެ. މިހެންކަމާއެކު ބެލެވޭގޮތުގައި ނުރައްކާތެރި ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ކޮޅުމަތި މިދަނީ ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު