އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

2 years ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

2 years ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

2 years ago

ވާހަކަ

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

2 years ago

އިބްރާހިމް ނާޒިމް

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފިއެވެ. ރަޝިޔާގެ ޢަސްކަރީ އިދާރާތަކުން ޚަބަރު ލިބޭ ގޮތުގައި ސީރިޔާގެ ވައިގެ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ބަކް-އެމް 2ގެ އެއަރޑިފެންސް ސިސްޓަމް ބޭނުންކޮށްގެންނެވެ.


ސީރިޔާގެ ސިފައިން ވަނީ އިސްރާޢީލުން ފޮނުވި މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާފަ އެވެ. މިހެންވެ، އިސްރާޢީލުގެ މަތިންދާބޯޓުތައް ބިރުން ވަނީ ސީރިޔާގެ ވައިގެ ސަރަހައްދު ދޫކޮށް ގޮސްފަ އެވެ. ސީރިޔާގެ ޚަބަރު ފަތުރާ ވަސީލަތެއް ކަމުގައިވާ މުރާސިލޫން އިން ބުނާގޮތުގައި ބަކް-އެމް 2ގެ ވައިގެ ދިފާއީ ނިޒާމަކީ ދުޝްމަނުންގެ މިސައިލްތައް ގޮއްވާލުމަށް ބަރާބަރު ވަސީލަތެކެވެ. މުރާސިލޫން އިން ވަނީ ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ޒަޔަނިސްޓް އިސްރާޢީލުގެ ފައިޓަރ މަތިންދާބޯޓުތަކުން ފޮނުވާލި ދެ މިސައިލް ސީރިޔާއިން ނައްތާލާ މަންޒަރު ފެނިގެންދެއެވެ.


ޚަބަރު ލިބިފައިވާ ގޮތުގައި އަދިވެސް ޔަހޫދީ އިސްރާއީލުން ފޮނުވި އިތުރު މިސައިލްތައް ސީރިޔާގެ ހިތްވަރުގަދަ ސިފައިން ވަނީ ވައްޓާލާފަ އެވެ. އިސްރާއީލުން ބުނާގޮތުގައި ސީރިޔާއަށް ވައިގެ ހަމަލާތައް ދިނުން އަދިވެސް ކުރިޔަށް ގެންދާނެ އެވެ. ސަބަބެއް ކަމުގައި ބުނަނީ އީރާނުގެ ސިފައިން ސީރިޔާ ދިފާއުކޮށްދިނުމަށް އެޤައުމުގައި ތިބޭތީ އެކަމުން އިސްރާޢީލަށް ނުރައްކާވެދާނެތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު