ތޫރަ އޮންލައިން

ތޫރަ އޮންލައިން ނޫހަކީ 24 ޖެނުއަރީ 2018ގައި މިނިސްޓްރީ އޮފް ހޯމް އެފެއާރޒްގައި ރަޖިސްޓްރީ ކުރެވިފައިވާ ނޫހެކެވެ. މި ނޫސް ނެރުމުގެ މައިގަނޑު ބޭނުމަކީ އިޖްތިމާޢީ ރޮނގުން ދިވެހި މުޖުތަމައު ހޭލުންތެރި ކުރުވުމުގެ އިތުރުން ބޭރު ދުނިޔޭގައި ހިނގާ ކަންކަމުގެ ޚަބަރުތައް ވެސް ކިޔުންތެރިންނަށް ގެނެސްދިނުން މަޤްޞަދެއްކަމުގައި ބަލައިގެން މަސައްކަތްކުރުމެވެ. ތޫރަ އޮންލައިންގައި ޝާއިޢުކުރެވޭ ޚަބަރުތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވާނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ކަންކަމުގެ މައްޗަށެވެ. މި ނޫހުގެ އަމާޒަކީ ވަކި ފަރާތަކަށްނުޖެހި ކިޔުންތެރިންނަށް އެންމެ އިންސާފުވެރި ގޮތެއްގައި ޚަބަރުތައް ގެނެސްދިނުމެވެ. ކޮންމެ ނޫހެއްގެ ވެސް މަޤްބޫލުކަން ބިނާވެފައި އޮންނާނީ އެ ނޫހެއްގައި ޝާއިޢުކުރެވޭ ލިޔުންތަކުގައި ހިމެނޭ މަޢުލޫމާތުތަކުގެ މައްޗަށެވެ. މިހެންވެ، މި ނޫހުގެ ލިޔުންތެރިން އެންމެ އިސްކަންދޭނެ އެއްކަމަކީ ނޫހުގައި ޝާއިޢުކުރެވޭ ލިޔުންތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތައް ހޯދާބެލުމުގެ މައްޗަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި އިޝްތިހާރު ކުރެއްވުމަށް ގުޅުއްވާނީ:

ތޫރަ ހޮޓްލައިން: 7922171

އީމެއްލް: thoora.mv@gmail.com