އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކުރަން ނުޖެހޭ ކަންތައްތަކަށް 26 މިލިއަން ރުފިޔާ ޓަވަރިޒަމް މިނިސްޓްރީ ޚަރަދުކޮށްފައިވޭ

1 month ago

އިބްރާހިމް ފައުޒީ

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ މެންޑޭޓުގައި ނެތް އެތައް ކަމަކަށް އެ މިނިސްޓްރީން އެތަން މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ކޮވިޑް ހަރަދުތަކާ ގުޅޭ ގޮތުން އެކުލަވާލި، ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ. ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީ އިން ޖުމްލަ 26 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި، އެހެން ނަމަވެސް އޭގެ ތެރެއިން 99 ޕަސަންޓު ހަރަދަކީ މިނިސްޓްރީގެ ތެރެއިން ކޮންމެހެން ހިނގަން ޖެހޭ ހަރަދުތަކެއް ނޫން ކަމަށެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ، ބައެއް ޚަރަދުތަކުގެ ތެރޭގައި ހިމެނެނީ

1-  ފަމަސޫޓިކަލްތަކެއްޗާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހޯދުމަށް ހޭދަކުރި 7.7 މިލިއަން ރުފިޔާ

2-  ކޮވިޑް19ގެ ކަންކަމުގައި މަސައްކަތްކުރާނެ ބޭރުގެ ޑޮކްޓަރުންގެ ޓީމެއް ގެނައުމަށް 6.9 މިލިއަން ރުފިޔާ

3-  އެ މެޑިކަލް ޓީމުގެ ޑޮކްޓަރުންގެ ހިދުމަތުގެ މުއްދަތު އިތުރުކުރުމާ ގުޅިގެން ހިނގި ހަރަދުގެ ގޮތުގައި 2.03 މިލިއަން ރުފިޔާ

4-  ކ. ވިލިނގިލިވަރު (ވިލިވަރު)ގައި ކަރަންޓީން ފެސިލިޓީއެއް ހެދުމަށް 6.5 މިލިއަން ރުފިޔާ

5- ރާއްޖޭގެ ބައިނަލްއަގުވާމީ އެއާޕޯޓުތަކުގައި ތާމަލް ކެމެރާ ބެހެއްޓުމަށް 2.5 މިލިއަން ރުފިޔާ

6-  ހެލިކޮޕްޓަރު ކްރޫއިން ތިބުމުގެ ހަރަދުގެ ގޮތުގައި 198،397 ރުފިޔާ

7-  އއ. ވެލިދޫ ކަރަންޓީނު ފެސިލިޓީ ހެދުމަށް 92،462 ރުފިޔާ

8-  ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ރާއްޖޭގައި ތާށިވި ފަތުރުވެރިން ރާއްޖޭގައި ތިބުމާއި އެމީހުން އެނބުރި ގައުމަށް ދިއުމުގެ ކަންކަން ކުރުމަށް 118،842 ރުފިޔާ

މީގެ އިތުރުން ޚަރަދުކުރާނެ ބައެއް ކަންތައްތައް ކޮމިޓީގައި މަޝްވަރާކޮށް ފާސްކޮށްފައި ވީނަމަވެސް އޭގެ ތެރެއިން ވަކިވަކި ކަންކަމަށް ޓްރަސްޓް ފަންޑުން ޚަރަދުކުރާނެ ޢަދަދުތައް ކޮމިޓީން ފާސްކޮށްފައި ނުވާކަމާއި، "ކޮވިޑް-19 އާގުޅިގެން ކުރަންޖެހިއްޖެ އެންމެހައި ކަންކަން ކުރުން އެންމެ ރަނގަޅު ކަމުގައި" ކޮމިޓީގެ ނިންމާފައިވާކަން މިރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު