އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

 ޕޮލިސިންގ ޑިއުރިން ޕެންޑަމިކް ޓައިމްސް ވޯކްޝޮޕްގައި ރާއްޖޭގެ ފުލުހުން ބައިވެރިވެއްޖެ

1 month ago

އިބްރާހިމް ފައުޒީ

މި އޮގަސްޓް މަހުގެ 10 އިން 11 އަށް، އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒް އާއި ބިއުރޯ އޮފް ޕޮލިސް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް ގުޅިގެން އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ޕްރޮގްރާމް (އައިޓެކް) ގައި ހިމެނޭ ގައުމުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ “ޕޮލިސިންގ ޑިއުރިން ޕެންޑަމިކް ޓައިމްސް” ވޯކްޝޮޕްގައި ފުލުހުން ބައިވެރިވެއްޖެއެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި އިންސާނީ ހައްގުތަކާއި ގުޅޭގޮތުންނާއި ރައްޔިތުންނާއި މުހާތަބް ކުރާނޭގޮތްތަކާއި އަންހެނުންނާއި ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި މުޖުތަމައުގައި ހިނގާ ހަރަކާތްތަކުގައި ބައިވެރިވެ ޒުވާނުން ހަރުދަނާ ބަޔަކަށް ހަދައި، މަސައްކަތްތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމާއި ކުރިމަތިވާ ގުދުރަތީ އަދި އެހެނިހެން އެމަރޖެންސީ ހާލާތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ގާނޫނު ތަންފީޒްކުރުމުގައި މުއައްސަސާތައް ހަރަކާތްތެރިވުމާ ގުޅޭގޮތުން މައުލޫމާތު ދީ މަޝްވަރާކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު