އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ސިވިލް ސާވިސް ކޮމިޝަން ރައީސް ޑރ. ޢަލީ ޝަމީމް އިސްތިއުފާ ދެއްވައިފި

1 month ago

އިބްރާހިމް ޢަލީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. ޢަލީ ޝަމީމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، މި މަޖިލީހުގެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއެސްސީގެ ރައީސް ޝަމީމް އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ޑރ. ޢަލީ ޝަމީމަކީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އެންމެ ގިނަދުވަސްވީ މެންބަރެވެ. އަދި ސަކާރަށް ޚިދުމަތް ކުރާތާ ވަރަށް ގިނަ ދުސްވީބޭފުޅެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސީއެސްސީގެ ހަތަރު މެންބަރަކު ވަކިކުރަން ވޯޓަށް އަހާއިރު، މަގާމުން އިސްތިއުފާ ދެއްވި ޝަމީމްގެ ނަމަށް ވޯޓަށް އަހަން ނުޖެހޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ތަޅުމަށް ފޮނުވާފައި ވަނީ ޝަމީމްގެ އިތުރުން ސީއެސްސީގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެންބަރު ޒަކަރިއްޔާ ހުސައިން އަދި މެންބަރު އިބްރާހިމް ޝަހީގެވެ. 

ދެން ކޮމިޝަންގައި އިންނަވަނީ މެންބަރު ފާތިމަތު އާމިރާ އެކަންޏެވެ. މެންބަރު ފާތިމަތު އާމިރާ ވަކިކުރުމަށް ނެގި ވޯޓުން އެކަމަނާވަނީ ސަލާމަތްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު