އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ދިގުއިންތިޒާރަކަށްފަހު މާވެޔޮ މިސްކިތް މިއަދު ޢަޞުރުވަގުތު ހުޅުވަނީ

1 month ago

އިބްރާހިމް ޢަލީ

ދިގު އިންތިޒާރަކަށްފަހު މާވެޔޮ މިސްކިތް މިއަދު ޢަޞުރުވަގުތު ހުޅުވަން ހަމަޖެހިއްޖެއެވެ. އިސްލާމިކް މިނިސްޓްރީއިން މަޢުލޫމާތު ދޭގޮތުގައި ރަސްމީކޮށް މިއަދު ޢަޞުރުވަގުތު ހުޅުވަން ވަނީ ހަމަޖެހިފައެވެ.

ހަތް ބުރީގެ މާވެޔޮ މިސްކިތް ސަރުކާރާ ހަވާލުކުރިތާ މިހާރު ދުވަސްކޮޅެއްވެއްޖެއެވެ. ދުވަސްތަކަކަށްފަހު މާވެޔޮ މިސްކިތް ހުޅުވަން ނިންމާފައިވާއިރު އެތައްފަހަރެއްގެ މަތިން ހުޅުވާނެ ކަމަށް ބުނެވެސް ނުހުޅުވިފައިވަނިކޮށް އެންމެފަހުން ހުޅުވަން ނިންމީ މިއަދުގެ އަޞުރު ނަމާދު ވަގުތުގައެވެ.

މާވެޔޮ މިސްކިތް ފަރުމާކޮށް އަދި އިމާރާތް ކުރުމުގެ ހުރިހާ ހަރަދެއް ކޮށްފައިވަނީ ހ. ސީސައިޑް މުޙައްމަދު ޢަލީ ޖަނާހު އެވެ. އަދި މި މިސްކިތުގެ ކޮންޓްރެކްޓަރެއްގެ ގޮތުން ހަރަކާތްތެރިވީ ޖަނާހުގެ އެޗްއާރުސީ ކުންފުނިންނެވެ. ކުރިން މަސްޖިދު ބަހާއުއްދީންގެ މަނުން ނަންދީފައިވާ މިސްކިތް ހުޅުވާއިރު މިސްކިތުގެ ނަންވަނީ މުޙައްމަދު ޢަލީ ޖަނާހުގެ ބައްޕަގެ ނަމަށް ނިސްބަތްކޮށް ނަންބަދަލު ކޮށްފައެވެ. މިހާރު އެމިސްކިތަށް ކިޔަނީ މަސްޖިދު ޢަލީ ހުސައިންއެވެ.

މާވެޔޮ މިސްކިތް މިއަދު ހުޅުވާއިރު މިއަދުވަނީ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަންވެސް ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު

މާހިރާ

މިސްކިތުގެނަން ބަދަލުކުރުމަކީ ގޯހެއް. އަމިއްލައެދުން ބޮޑުކަމެއްކަން ދޭހަކޮށްދޭ ކަމެއް. މާލޭގައި އެހެންމީހުންވެސް އަމިއްލަ ޚަރަދުގައި މިސްކިތްތައް އަަލުން އިމާރާތްކޮށްފައި އެބަހުރި. ނަންބަދަލެއް ނުކުރޭ. ސަރުކާރުން މިކަމަށް ނުވިސްނީ ކީއްވެބާ.

3 days ago