އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކޮވިޑް-19 ގެ ސަބަބުން އެގުނީ އިންސާނާގެ ނިކަމެތިކަން- ހުކުރު ޚުޠުބާ

1 month ago

އިބްރާހިމް ޢަލީ


ކޮވިޑް-19 ގެ ސަބަބުން އެގުނީ އިންސާނާގެ ނިކަމެތިކަން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. ހުކުރު ޚިޠުބާގައި ބުނީ އިންސާނުންކުރަމުންއައި ނޭދެވޭ ކަންކަމުން ދުރުހެލިވެ، ދިރިއުޅުމުގެ ވައްޓަފާޅިއާ އާދަތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ސާފުތާހިރުކަމުގެ މިންގަޑުތަކަށް އިޚްތިރާމް ކުރަން މަޖުބޫރުކުރުވީ ކޮންކަމެއް ހެއްޔެވެ؟

ލޮލަށް ނުފެންނަ ކުޑަ ކުޑަ މަޚްލޫޤެއްގެ ސަބަބުން، ބިރުވެރިކަމާއި ނާމާންކަން ވެރިވެ، ޢާއްމު ޚިދުމަތް ހުއްޓި، އިޤްތިޞާދީ ބޮޑު ގެއްލުމަކާއި ކުރިމަތިވުމުން، އިންސާނުންނަށް ލިބިގެންދިޔައީ ކޮންފަދަ ބޮޑު ޢިބްރަތްތެރި ފިލާވަޅެއް ގެއްޔެވެ؟

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މިއަދުގެ ހުކުރުން ފެށިގެން ހުކުރު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާއިރު މިއަދުގެ ހުކުރު ޚުޠުބާ އެހެން ދުވަސްތަކާއި ޚިލާފަށް ވަރަށް ކުރުކަން ފާހަގަ ކުރެވުނެވެ.

އަދި ޚުޠުބާގައި ވިދާޅުވީ ހުކުރުގެ ޖަމާޢަތް ވަގުތީގޮތުން މެދުކަޑާލުމުން އެތައްބަޔަކަށް ވަނީ ފުން އަސަރުކޮށްފާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު