އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މާލޭ ސަރަހައްދުގައި މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރާނެ

1 month ago

އިބްރާހިމް ޢަލީ

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ. މާލޭ ސަރަހައްދުގައި ހުކުރު ނަމާދު ކުރަން ނިންމާފައިމިވަނީ ގާތްގަނޑަކަށް 4 މަސްވާން ކައިރިވެފައިވަނިކޮށެވެ.

މިދިޔަ ހަފުތާ ހުކުރު ނަމާދު ނުބޭއްވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ އިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފާގެ މަތިން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި ކަމަށް ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ހަފްތާގައި ހުކުރު ނުކުރަން ނިންމީ މިނިސްޓްރީއިން ނިންމާފައިވަނީ، ހުކުރުގެ ޖަމާޢަތަކީ ވަރަށްގިނަ މީހުން އެއްތަނަކަށް ޖަމާވެ ގިނަވަގުތު ހޭދަކުރާ ޖަމާޢަތަކަށްވުމުން، މިދަނޑިވަޅުގައި މަރުހަލާތަކަށް ބަހާލައިގެން ތަދުރީޖީ ގޮތެއްގައި ޢާންމުޙާލަތަށް ލުއިތައްދީ، އެލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭގޮތް ދިރާސާކޮށް ދެނެގަނެގެން ކަމަށް ވާތީއާއި މިކަމުގައި ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށެވެ.

މާދަމާ މާލޭ ސަރަހައްދުގައި ކިޔާ ހުތުބާ ވެސް ކިޔަން ހަމަޖެހިފައިވަނީ ވަރަށް ކުރުކޮށެވެ. ކުރިން ކިޔަމުންދާ ހުތުބާއަށް ވުރެ ކުރުކޮށް ހުތުބާ ކިޔަން ހަމަޖެއްސީ ކޮވިޑްގެ ސަބަބުންނެވެ.

ކިޔުންތެރިންގެ ހިޔާލު