އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފޭކު ޓްއިޓްގެ މައްސަލަ ބަލަން ހުށައަޅާނަން - ރައީސް ނަޝީދު

1 month ago

އިބްރާހިމް ޢަލީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ ޓްވީޓަކީ އެމަނިކުފާނު ކުރެއްވި ޓްވީޓެއް ނޫން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުއިޓެއް ކުރައްވައިފިއެވެ.

"ބައެއް ނަމާދުތަކުގެ ރަކުއަތްތައް މަދު ކޮށްލުމުން ވެސް ސަރުކާރުގެ ގަވާއިދުގެ ތެރެއިން ނަމާދު ކުރެވިދާނެ" ކަމަށްބުނެ ރައީސް ނަޝީދުގެ އަގުވެއްޓޭގޮތަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯއަކުން ފެންނަނީ ރައީސް ނަޝީދު ކަމަށް ކުރައްވާފައިވާ ޓްވީޓެއް ކަމަށް ބުނާ ޓްވީޓެއްގެ ފޮޓޯ އެވެ.

އެ ޓްވީޓުގެ ފޮޓޯއަކާއެކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯގައިވާ ޓްވީޓަކީ އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއް ނޫން ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށް ޓްވީޓުގައިވެ އެވެ.

ފޭކް ޓުއިޓާއިގުޅުވައިގެން އެތައްބަޔަކު ރައީސް ނަޝީދަށް ޝޯޝަލް މީޑިޔާގައި އެއްޗެތި ލިޔަމުން ގޮސްފައިވާތީ އެމަނިކުފާނު، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބެލުމަށް ކަމާ ބެހޭ ފަރާތްތަކަށް އެމަނިކުފާނު ހުށަހަޅުއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

ދީނަށް ފުރައްސާރަ ކުރުމާއި ރައީސް ނަޝީދާ ގުޅުވައި ސިޔާސީބޭނުމުގައި ކުރާމަސައްކަތްތަކަށް އެމަނިކުފާނު އަންނަނީ އަބަދުވެސް އިންކާރު ކުރައްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު