އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މާލެ ސަރަހައްދުގައި މާދަމާ ހުކުރު ނުކުރަންނިންމައިފި

1 month ago

އިބްރާހިމް ޢަލީ


ކޮވިޑް 19 އާއިގުޅިގެން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަޑާލުމަށްފަހު 3 މަހާއި 12 ދުވަހަށްފަހު ރޭގެ މަޣްރިބު ނަމާދުންފެށިގެން މާލެ ސަރަހައްދުގައި ޖަމާޢަތް ހަދަން ފަށާފައިވީނަމަވެސް މާދަމާ ހުކުރު ނަމާދުގެ ޖަމާޢަތް ނޯންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް މިނިސްޓްރީއިން ނިންމާފައިވަނީ، ހުކުރުގެ ޖަމާޢަތަކީ ވަރަށްގިނަ މީހުން އެއްތަނަކަށް ޖަމާވެ ގިނަވަގުތު ހޭދަކުރާ ޖަމާޢަތަކަށްވުމުން، މިދަނޑިވަޅުގައި މަރުހަލާތަކަށް ބަހާލައިގެން ތަދުރީޖީ ގޮތެއްގައި ޢާންމުޙާލަތަށް ލުއިތައްދީ، އެލުއިތަކުގެ ސަބަބުން ބަލިމަޑުކަން ފެތުރޭގޮތް ދިރާސާކޮށް ދެނެގަނެގެން ކަމަށް ވާތީއާއި މިކަމުގައި ޢިލްމުވެރިންނާއި ޑޮކްޓަރުންގެ ލަފަޔާއެކުގައި ކަމަށެވެ.

ކޮވިޑް ނަވާރައާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމާއިގުޅޭގޮތުން މިނިސްޓްރީއިން އިއްޔެވަނީ އިމާމުންނާއި ބައްދަލްކޮށް މިސްކިތުގެ ކަންކަން ކުރިއަށް ގެންނާނެގޮތާއިމެދު އިރުޝާދު ދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު