އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މިރޭ މަޣްރިބުނަމާދުން ފެށިގެން މާލެސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަންފަށައިފި

1 month ago

އިބްރާހިމް ޢަލީ

މިރޭ މަޣްރިބުނަމާދުން ފެށިގެން މާލެސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަންފަށައިފި

ކޮވިޑް ނަވާރައާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދު ކުރުން ހުއްޓާލިތާ 3 މަހާއި 12 ދުވަހަށްފަހު، މިރޭ މަޣްރިބުނަމާދުން ފެށިގެން މާލެސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަންފަށައިފިއެވެ. ނަމާދުގެ ޖަމާޢަތް ފެށީ ކާޕެޓް ނާޅާހުރި މިސްކިތްތަކުގައެވެ. ކާޕެޓް އަޅާފައިވާ ބައެއް މިސްކިތްތަކުގައި ކާޕެޓުގެ މަތީ ތަރަފާލި އެޅުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިސްކިތަށް ނަމާދަށް ދާ ބޭފުޅުންވެސް ސަމާލުކަން ދޭންވީ ކަންކަން އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

އެކަންތައްތަކަކީ:

ހ. ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން

ށ. މުސައްލައެއް ގެންދިއުމާއި މާސްކު އެޅުން

ނ. މިސްކިތަށް ވަނުމުގައި އަދި ނުކުތުމުގައި ގައިދުރުކަން ބެހެއްޓުން

ރ. އެމީހެއްގެ މުސައްލަ މަތީގައި މެނުވީ ނަމާދު ނުކުރުން

ބ. ރޯގާ ޖެހި ނުވަތަ ހުން އައިސް ނުވަތަ ކެއްސާނަމަ މިސްކިތަށް ނުދިއުން

ޅ. ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުން

ކ. ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި އުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުން

އ. މިސްކިތުގައި އަދި މިސްކިތުން ބޭރުގައިވެސް އަތާ އަތް ޖޯޑުކޮށް ސަލާމް ކުރުން ފަދަ ކަންކަމުން ދުރުހެލިވުނެ.

ވ. މިސްކިތުގައިވާ ހަތިމްތައް ބޭނުން ނުކުރުން.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅުގެ ހުރިހާ މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅު ކަމަށާއި މިސްކިތްތައް ހުޅުވާލާއިރު ސިޓީކައުންސިލުން ބައެއް ކަންކަމަށް ސަމާލުކަން ދޭންވާނެ ކަމަށެވެ.

އެ ކަންކަމަކީ:

ހ. ނަމާދު ކުރުމަށް ހުޅުވާލާ މިސްކިތުގައި ކާޕެޓު އަޅާފައި ނެތުން

ށ. ކޮންމެ ނަމާދެއްގެ ފެށުމުގެ ކުރިން މިސްކިތުގައި މޮޕުލައި ސާފުކުރުން

ނ. މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމް ހަމަޖެއްސުން

ރ. މި ހާލަތުގައި އެއާކޯނު ބޭނުން ނުކުރުން އަދި ކޮންމެހެން އެއާކޯން ބޭނުންކުރައްޖެހިއްޖެނަމަ، ދޭތެރެ ދޭތެރެއިން ކުޑަދޮރުތައް ހުޅުވާ ސާފު ވައިލިބޭނެހެން ހެދުން

ކޮވިޑް ނަވާރައާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރަން ފެށުމާއިގުޅޭގޮތުން މިނިސްޓްރީއިން ވަނީ އިމާމުންނާއި ބައްދަލްކޮށް މިސްކިތުގެ ކަންކަން ކުރިއަށް ގެންނާނެގޮތާއިމެދު އިރުޝާދު ދީފައެވެ. މިއަދުންފެށިގެން މިސްކިތްތަކުގެ ޖަމާޢަތްފެށުމާއިއެކު ޖަމާޢަތުގައި އަންނަހުކުރު ދުވަހުން ފެށިގެން ހުކުރުކުރަން ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު