އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އެމް.ފައިސާ މެދުވެރިކޮށް ކުރައްވާ ރީޗާރޖް އެކު، ދެއްކެވި އަދަދުގެ %5 އަނބުރާ ވޮލެޓަށް!

2 months ago

އިބްރާހިމް ޢަލީ


އުރީދޫ ކަސްޓަމަރުންނަށް ހާއްސަ އެމް-ފައިސާ ކޭޝްބެކް އޮފަރއެއް އިއުލާންކޮށްފިއެވެ. މި އޮފަރގެ ދަށުން، އެމް.ފައިސާ މެދުވެރިކޮށް ކުރައްވާ ކޮންމެ ޕްރީޕެއިޑް ރީޗާރޖްއަކާއި އެކު ރިޗާރޖް ކުރެއްވި އަދަދުގެ %5 އަނބުރާ އެމް-ފައިސާ ވޮލެޓަށް ރައްދުކުރެވޭނެއެވެ. މީގެ އިތުރުން އެމް-ފައިސާ މެދުވެރިކޮށް ޕޯސްޓްޕެއިޑް، ސުޕަރނެޓް އަދި ފަސޭހަ ބިލް ދައްކާލުމުން ބިލްގެ %5 ވެސް އަނބުރާ ވޮލެޓަށް ޖަމާވާނެއެވެ. މި އޮފަރ އެކުންފުނިން ތައާރަފް ކޮށްފައިވަނީ، ފުރަބަންދު ލުއިވެގެންދިޔަކަމުގައިވިޔަސް، ރައްކާތެރިކަން އިޚްތިޔާރުކޮށް، ބިލް ދެއްކުން، ރީޗާރޖް ކުރުން ފަދަ ޑިޖިޓަލްކޮށް ފޯރުކޮށްދެވޭ ޚިދުމަތްތައް ޑިޖިޓަލްކޮށް ލިބިގަތުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިލް ދެއްކެވުމަށް:

1. އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ލޮގިން ކުރައްވާ: http://ore.do/app

2. އެމް-ފައިސާ ސަރވިސަސް އިން "ޕޯސްޓްޕެއިޑް"، "ސުޕަރނެޓް"، "ފަސޭހަ" ނުވަތަ " ޕްރީޕެއިޑް ރީޗާރޖް" ނަންގަވާ

3. ޕްރީޕެއިޑް ނަންބަރު، ޕޯސްޓްޕެއިޑް ނަންބަރު، ސުޕަރނެޓް އައިޑީ ނުވަތަ ފަސޭހަ ނަންބަރު ޖައްސަވާ

4. ބިލްގެ އަދަދު ޖެއްސެވުމަށްފަހު PROCEED އަށް ފިތާލައްވާ

5. ފޯނަށް ލިބިވަޑައިގެންނެވި އޯޓީޕީ ނަންބަރ ޖައްސަވާ ޕޭމަންޓް ޔަގީންކުރައްވާ

ބިލަށް ފައިސާ ދެއްކެވުމުން ނުވަތަ ޕްރިޕެއިޑް ރިޗާރޖް ކުރެއްވުމުން، ފައިސާ ދެއްކެވި އަދަދު ނުވަތަ ރިޗާރޖް ކުރެއްވި އަދަދުގެ %5 ވޮލެޓަށް ޖަމާވިކަމުގެ އެސް.އެމް.އެސް އެއް ލިބިވަޑައިގަންނަވާނެއެވެ.

އެމް-ފައިސާ އަށް ރެޖިސްޓަރކުރުމަށް:

1. އުރީދޫ އެޕް ޑައުންލޯޑްކުރައްވާ http://ore.do/app

2. އެމް-ފައިސާ ޚިޔާރުކުރެއްވުމަށްފަހު ރެޖިސްޓްރޭޝަންއަށް ފިތާލައްވާ

3. މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު، އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖައްސަވާ

4. މޮބައިލް ނަންބަރު ޖެއްސެވުމަށްފަހު ހަތަރު އަކުރުގެ ޕިން ނަންބަރެއް ޖައްސަވާ

5. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެއްސެވުމަށްފަހު ކުރިން ޖެއްސެވި ޕިން ނަންބަރު ޖައްސަވާ

6. ފޯނަށް ލިބިވަޑައިގަންނަވާ އޯޓީޕީ ނަންބަރު ޖެއްސެވުމަށްފަހު ރެޖިސްޓްރޭޝަން ފުރިހަމަ ކުރައްވާ.

ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ފައިސާ ޖަމާކުރެއްވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު