އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކޮވިޑް-19 ދޮގުމައުލޫމާތު ފަތުރާ މައްސަލަ ސީރިއަސް މައްސައެއްގެގޮތުގާ ބަލާނަން- ޕޮލިސް

1 month ago

އިބްރާހިމް ޢަލީ


ކޮވިޑް-19 ދޮގުމައުލޫމާތު ފަތުރާ މައްސަލަ ސީރިއަސް މައްސައެއްގެ ގޮތުގާ ބަލާނަން މޯލްޑިވްސް ޕޮލިސް ސާރވިސް އިން މިއަދު ބުނެފިއެވެ. ޕޮލިހުން އެހެން ބުނެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަ އަކީ ދޮގެއް ކަމަށް ވިދާޅުވެ އަދި ކޮވިޑް-19 އާއިގުޅިގެން ދޮގުމައުލޫމާތު ފަތުރާ މައްސަލަ ސީރިއަސް މައްސައެއްގެ ގޮތުގާ ބަލާނެ ކަމަށް ވިދާޅުވެއްޖެއެވެ.

އަދި ޕޮލިހުން ބުނެފައިވަނީ އޮޅުވެލި އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއަކީ ހަގީގަތާއި ހިލާފު ވާހަކައެއްކަމުގައި ދަންނަވަމެވެ.

މިނާޒުކު ދަޑިވަޅުގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތައް ސޯޝަލް މީޑިއާގައި މިފަދަ ދޮގުމައުލޫމާތު ފެތުރި މައްސަލަ ތަހުގީގުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު ކަމަށް ބުނާ މީހާއާ ގުޅައިގެން ވާހަކަ ދެއްކުމުން އެއީ އޭނާއާ އެއް ކޮޓަރީގައި ހުރި އޭނާގެ ކޮއްކޮ ލައްވައި މަޖަލަކަށް ނަގައި އާއިލާގެ ވައިބަ ގްރޫޕަކަށް ލީ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 1،513 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މަރުވެފައި ވަނީ ފަސް މީހެކެވެ. ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ނ. މަނަދޫގެ، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އަދި ހިންމަފުށިންނެވެ. ހިންމަފުށިން ޖެހިފައިވަނީ އެރަށުގައި ހުންނަ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހެކެވެ. 

ކިޔުންތެރިންގެ ހިޔާލު