އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މާދަމާއިން ފެށިގެން ލޮކް ޑައުންނަށް ލުއިތައް ދޭން ނިންމައިފި

1 month ago

އިބްރާހިމް ޢަލީ


ކޮވިޑްގެ ރާޅު ބޮޑުނުވީ ފިޔަވަޅުތައް ހަރުދަނާ ވެގެން ކަމަށާއި މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއވިއްޖެ ކަމަށާއި އެއާއި އެކު ފުރަތަމަ ދެހަފްތާއަށް މާދަމާއިންފެށިގެން ދެ ހަފުތާ އަށް ލުއިތަކެއް ދޭން ނިންމައިފިމަކަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ދެންމެ ވިދާޅުވެއްޖެ އެވެ.

" ފުރަތަމަ ފިޔަވަހީގައި، ދެ ހަފުތާގެ ތެރޭގައި ކުޑަކުދިންގެ ފިހާރަތަކާއި ސުޕަމާޓްތަކާއި އެހެން ފިހާރަތައް ވެސް ހުޅުވާނެ. އެކަމަކު ކެފޭތަކެއް ނުހުޅުވާނެ އާންމުކޮށެއް. ކެފޭތައް ހުޅުވާލެވޭ ވަރުވާނީ ދެ ހަފުތާ އަށް ފަހު. އެކަމަކު ފުރަތަމަ ފިޔަވަހީގެ ތެރޭގައި ކެފޭތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ. މަސްމާރުކޭޓު ހުޅުވާލެވޭނެ. ފޯން ފިހާރަތަކައި ފޮތިފިހާރަތައް ވެސް ހުޅުވާލެވޭނެ. އެކަމަކު ސްކޫލުތައް އަދި މި މުއްދަތުގައި ހުޅުވުމުގެ ވިސްނުމެއް ނެތް" މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އަބްދުﷲ އަމީން އިތުރަށް ވިދާޅުވީ އާންމު ހިދުމަތަށް ފުރަތަމަ ފިޔަވަހީގައި އޮފީސްތައް ހުޅުވާ ގޮތަކަށް ހަމަޖެހިފައެއް އަދި ނެތް ކަމަށާއި އެކަމަކު ހިދުމަތް ދެވޭ ވަރަށް އޮފީސްތައް ފަންކްޝަންތައް ކުރެވޭ ގޮތް ވާނެކަމަށެވެ.

ޑޮކްޓަރ އަލީ ލަތީފު ވިދާޅުވީ ފިހާރަތަކާއި އޮފީސްތައް ހުޅުވާއިރު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރިކަމަށާއި އާންމުކޮށް މާސްކް އެޅުން އެއީ މުހިންމު ކަމެއް ކަމަށާއި ބޮޑެތި އޮފީސްތަކުގައި ޓެމްޕަރޭޗާ ޝެކްކުރެވޭ ގޮތް ހެދުމާއި ދުރުދުރުގައި ތިބެވޭނެ ގޮތް ހެދުން އެއީ މުހިންމު ކަމެއް ކަމަށާއި އަތްދޮވެވެން ހުރުން ވެސް މިއީ މުހިންމު ކަމެއްކަމަށެވެ.

ލުއިދިނުމުން ހަފްތާއަކު 2 ގަނޑިއިރަށް ގޭބިސީއަކުން 3 މީހުން ބޭރަށް ދެވޭނެއެވެ. އެކަންވެސް ކުރެވެނީ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. 

މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމުގައި މިދިޔަ ހަފުތާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. އަދި އެކަން އެގޮތަށް ކުރައްވާނީ ޞިއްޙީ މާހިރުންގެ ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުންދާނަމަ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ނ. މަނަދޫގެ، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އަދި ހިންމަފުށިންނެވެ. ހިންމަފުށިން ޖެހިފައިވަނީ އެރަށުގައި ހުންނަ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހެކެވެ. މިހާތަނަށް ރާއްޖެއިން މަރުވެފައިވަނީ 5 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު