އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކޮވިޑް-19 އެމެރިކާގައި މަރުވިމީހުންގެ އަދަދު ލައްކައަށް އަރައިފި

1 month ago

އިބްރާހިމް ޢަލީ


ދުނިޔޭގެ ސުޕަރޕަވަރުކަމަށް ދަޢުވާކުރާ އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވިމީހުންގެ އަދަދު ލައްކައަށް އަރައިފިއެވެ. އަދި މިހާތަނަށް އެންމެ ގިނަބަޔަކު ޕޮޒިޓިވްވެފައިވާ ގައުމަކީވެސް އެމެރިކާއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ގަބޫލުކުރާގޮތުގައި އެގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވަނީ އެންމެގިނައިން އެބައްޔަށް ޓެސްޓްހަދާތީ ކަމަށެވެ. އަދި އެހެން ގައުމުތަކުން ރެކޯޑުތައް އޮޅުވާލާކަމަށް ޑޮނަލްޑް ޓްރަންޕް ތުހުމަތު ކުރައްވައެވެ.

ކޮވިޑް-19 ޖެހިގެން އެމެރިކާގައި މިހާތަނަށް 100,054 (އެއްލައްކަ ފަންސާސް ހަތަރެއް) މީހުން މަރުވެފައިވާއިރު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 1,711,580 އަރައިފިއެވެ.

އަދިމިބަލި ފެނުނުތާ ކުރީކޮށް އެންމެގިނައިން އިޓަލީއާއި ސްޕޭންނުންވެސް ވަނީ ކުރިއަށްވުރެ ކޮވިޑް-19 ޖެހޭމިންވަރު މަދުވެފައެވެ. ބޮޑުތަފާތާކާއިއެކު އެންމެ ކުރީގައިއުޅޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފޯކަސްހުރީ މިއީ ޗައިނާއިން ގަސްދުގައި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރުމަށެވެ. މިކަމަށް އިޝާރާތްކުރައްވާ ޗައިނާއާއި ދިމާލަށް ރައީސް ޑޮނަލްޑް ޓްރަންޕު އިގިލި ދިއްކުރަމުންދާއިރު ޗައިނާއިން އަންނަނީ އެކަމަށް އިންކާރުކުރަމުންނެވެ.

ކޮވިޑް-19 ޖެހިގެން މުޅިދުނިޔެއިން 347,836 މީހުން މަރުވެފައިވާއިރު މުޅިދިނިޔޭގައި މިބައްޔަށް ޕޮޒިޓިވްވީ މީހުންގެ އަދަދުވަނީ 5,543,439 އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު