އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފިޠުރު ޢީދަށް ޙާއްޞަ: ގްރިލްޑް ފިޝް

2 months ago

ޖުވޭރިޔާ ވަޖުދީ

ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ފިޠުރު ޢީދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ. ފިޠުރު ޢީދު ދުވަހަކީ އަބަދުވެސް ސުފުރާމަތި ފަޅުފިލުވާލާ ދުވަހެކެވެ. އެގޮތުން މިއަދު މިގެނެސްދެނީ ގްރިލްޑް ފިޝް ތައްޔާރު ކުރާނެ ގޮތެވެ.


ބޭނުންވާތަކެތި

2 ގަނޑު ރޯމަސް ( ތުނިކޮށް ފޮތިފޮތި ކޮށްފައިހުރި)

2 ލުނބޯ

2 ސައިސަމުސާ މުގުރި އަސޭމިރުސް

4 މޭޒުމަތީ ސަމުސާ ފުށް

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ލުނބޯހުތް، އަސޭމިރުސް، ލޮނު، އެއްކޮށްފައި މަހުގައި ހާކާފައި 10 މިނިޓްވަންދެން ބަހައްޓާށެވެ. ދެން ފުށްކޮޅު ތަށްޓަކަށް އަޅާފައި މަސްފޮތިތަކުގެ ބޭރުގައި ފުށްކޮޅު ހާކާފައި ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަލާފައި ހޫނުވީމާ މަސްފޮތިތައް ތަވާގައި އަތުރާލާފައި ދެފުށްދެފުށަށް ޖަހަމުން ފިހެލާށެވެ،. 

ކިޔުންތެރިންގެ ހިޔާލު