އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފިޠުރު ޢީދަށް ޙާއްޞަ : ކުކުޅު މަސްބަތް

1 week ago

ޖުވޭރިޔާ ވަޖުދީ

ޖުވޭ މިއަދު މިގެނެސްދެނީ ވަރަށް ޚާއްޞަ ޑިޝްއެއް ހަދާނެގޮތެވެ. ފިޠުރު ޢީދުގެ ތަހުނިޔާ ހުރިހާ ބޭފުޅުންނަށްވެސް އަރިސްކުރަމެވެ. ފިޠުރު ޢީދު ދުވަހަކީ އަބަދުވެސް ސުފުރާމަތި ފަޅުފިލުވާލާ ދުވަހެކެވެ. އެގޮތުން މިއަދު މިގެނެސްދެނީ ކުކުޅުމަސްބަތް ތައްޔާރު ކުރާނެ ގޮތެވެ.

ބޭނުންވާތަކެތި

3 ޖޯޑުބަތް

1 ޖޯޑު ހިމުންކޮށް ކޮށާފައިހުރި ބޯންލެސް ޗިކަން

1 ފިޔާ ( ހިމުންކޮށް ކޮށާފައި)

1 ރޯމިރުސް ( ހިމުންކޮށް ކޮށާފައި)

2 ހިކަނދިފަތް

3 ރާނބާފަތްކޮޅު ( 2 /1 އިންޗިއަށް ބުރިކޮށް ފައިހުރި)

ލޮނުކޮޅެއް

ތައްޔާރުކުރާނެގޮތް

ތަވާއުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނުވީމާ ފިޔާ، މިރުސް، ހިކަނދިފަތް، ރާނބާފަތް، އަދިކުކުޅުމަސްކޮޅާއި ލޮނުކޮޅު އެއްކޮށްފައި މަސްކޮޅު ހަނާވީމާ ބަތްކޮޅު އެއްކޮށްލާށެވެ. 

ކިޔުންތެރިންގެ ހިޔާލު