އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ 24 ވާ އާދީއްތަ ދުވަސް

1 week ago

އިބްރާހިމް ޢަލީ


24 ވާ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިޠުރު ޢީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިއުލާން ކޮށްފި އެވެ. އެކަން އިއުލާންކޮށްފައިވަނީ މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ޖަލްސާއަށްފަހު އެ މިނިސްޓްރީން ނެރުނު ހަނދާބެހޭ ބަޔާނުގައެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރަމަޟާން މަހުގެ 29 ވީ ހުކުރު ދުވަހުގެ އިރުއޮއްސޭއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް، އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް، 1441 ވަނަ އަހަރުގެ ޝައްވާލުމަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާ ކަމަށެވެ.

އަދި މިއަދު އިރުއޮއްސުމަށް ފަހުގައި، ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނިފައިނުވާތީއާއި އިސްލާމީ އެއްވެސް ގައުމަކަށްވެސް މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ފެނުނު ކަމުގެ އިތުބާރު ހުރި މައުލޫމާތު ލިބިފައިނުވާ ކަމަށެވެ. އެހެން ކަމުން ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގައި، ދިވެހިރާއްޖެއިން އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން މޭމަހުގެ 23 ވާ ހޮނިހިރު ދުވަހަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މޭ މަހުގެ 24 ވާ އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅާ ކަމަށެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށުމުގެ ކުރިން ކޮވިޑް-19 އާއިގުޅިގެން ރާއްޖޭގެ ހުރިހާ މިސްކިތެއްގެ ނަމާދުގެ ޖަމާޢަތް މެދުކަނޑާލާފާ އޮތުމަށްފަހު، ޖަމާޢަތުގައި ނަމާދު ކުރަންފަށާފައިވަނީ މިއަދުގެ ހުކުރު ނަމާދަށް ފަހުއެވެ.

ކޮވިޑް-19ގެ ބަލީގެ ސަބަބުން ލޮކްޑައުންއާއި މޮނީޓްރިންގެ ހާލަތުގައި ނެތް ރަށްރަށުގައި 22 މޭ ވާ ހުކުރު ނަމާދު ކުރުމަށާއި އަދި އެދުވަހުގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތައް ހުޅުވާލަން ނިންމިކަން އިއުލާނުކުރީ ރޭގައި ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

އަދި މިއަހަރުގެ ޢީދުނަމާދު ގޭގައި ކުރާގޮތައްވަނީ ހަމަޖައްސާ އެކަންވެސް އިއުލާންކޮށްފައިވެއެވެ. ނަމަވެސް މިސްކިތްތައް ހުޅުވާލި ރައްތަކުގައި ޢީދުނަމާދު ކުރާނެކަމެއް އަދި އިއުލާނެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު