އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ކޮވިޑް-19 ނެތްރަށްރަށުގައި ހުކުރު ނަމާދާއިއެކު މިސްކިތްތައް ހުޅުވާލަނީ

1 week ago

އިބްރާހިމް ޢަލީ


ކޮވިޑް-19ގެ ބަލީގެ ސަބަބުން ލޮކްޑައުންއާއި މޮނީޓްރިންގެ ހާލަތުގައި ނެތް ރަށްރަށުގައި 22 މޭ ވާ ހުކުރު ނަމާދު ކުރުމަށާއި އަދި އެދުވަހުގެ ހުކުރު ނަމާދުން ފެށިގެން މިސްކިތްތައް ހުޅުވާލަން ނިންމައިފި އެވެ. އެހެންވިދާޅުވީ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރުއެވެ.

މިނިސްޓަރު އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަމަށެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނާވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޑޮކްޓަރުންގެ ބަސް އެއީ އެންމެ ފަހު ބަސްކަމަށް އަޅުގަނޑުމެން މިބަލަނީ. އެގޮތުން މިސްކިތްތަކުގެ ޖަމާއަތް މެދުކަނޑާލީވެސް ޑޮކްޓަރުންގެ ލަފަޔާ އިރުޝާދުގެ ދަށުން."

މިނިސްޓަރު ވިދާޅުވީ ބަލީގެ ހާލަތު ކޮންމެވެސް މިންވަރަކަށް ބަދަލުވެފައިވާތީ ލޮކްޑައުންގެ ހާލަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމުމުން ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

މިސްކިތްތައް ހުޅުވާލި ނަމަވެސް ޖަމާއަތުގެ ނަމާދު ކުރެވޭނީ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށެވެ.

އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި މިނިސްޓަރު ވިދާޅުވީ

1. ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުން

2. ދުވަސްވީ މީހުން މިސްކިތަށް ނުދިއުން

3. މިސްކިތުގައި ގިނަ ވަގުތު ހޭދަ ނުކުރުން

4. މުސައްލައެއް ހިފައިގެން އައުން

5. މިސްކިތުގައި ކާޕެޓް އަޅާފައި ނުބޭއްވުން

6. ރޯގާގެ އަލާމާތްތައް ހުންނަ މީހުން މިސްކިތަށް ނުދިއުން

7. މިސްކިތަށް އަންނައިރު މާސްކް އެޅުން

ކޮވިޑް-19 އަށް މާލެ ފިޔަވާ ރާއްޖޭން ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ނ. މަނަދޫގެ، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އަދި ހިންމަފުށިންނެވެ. ހިންމަފުށިން ޖެހިފައިވަނީ އެރަށުގައި ހުންނަ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހެކެވެ. މި ރަށްތަކުގެ ތެރެއިން އުލިގަމާއި، ތަކަންދޫ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު