އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް ވަޒީރުންގެ މަޖިލީސްގެ ޖަލްސާއެއް

1 week ago

އިބްރާހިމް ޢަލީ

ކޮވިޑް-19 ގެ މިހާރުގެ ޙާލަތާގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާތައް ކުރެއްވީ ފުރަތަމަ ފަހަރަށް ވީޑިއޯ ކޮންފަރަންސް މެދުވެރިކޮށް މިއަދު މެންދުރުފަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައެވެ.

މިއަދުގެ ޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅުއްވާފައިވާ ޚާއްޞަ ފިޔަވަޅުތަކަށް ލުއިދެއްވުމުގައި ޢަމަލުކުރައްވާނޭ ގޮތްތަކާ ބެހޭގޮތުން މެންބަރުން މަޝްވަރާ ކުރެއްވިއެވެ. އަދި މިކަމުން އަރައިގަތުމަށްޓަކައި ހުރިހާ ވުޒާރާތަކުންވެސް ރާއްވަވަމުން ގެންދަވާ ކަންތައްތަކާއި ޤައުމު އާރާސްތު ކުރުމަށް އިތުރަށް ކުރެވެންހުރި ކަންކަމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބަލި ދުނިޔޭގައި ފެތުރެން ފެށި ހިސާބުން ދިވެހިރާއްޖޭގައި މި ބަލި ފެތުރުން ކުޑަކުރެއްވުމާއެކު ފަންނީ މާހިރުންގެ ލަފާގެމަތިން ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އަޅުއްވާފައިވާ އަދި އަޅުއްވަމުން ގެންދަވާ ޙިކުމަތްތެރި ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުގެ މެންބަރުން މިއަދުގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ. އަދި ކޮވިޑް-19 އިން ރާއްޖޭގެ ރައްޔިތުން ރައްކާތެރިކުރެއްވުމަށް އެކި ވުޒާރާތަކުން ގުޅިގެން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19 އަށް މާލެ ފިޔަވާ ރާއްޖޭން ޕޮޒިޓިވްވި މީހުން ފެނިފައިވަނީ ނ. މަނަދޫގެ، ހއ. އުލިގަމާއި އެ އަތޮޅު ތަކަންދޫ އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫ އަދި ހިންމަފުށިންނެވެ. ހިންމަފުށިން ޖެހިފައިވަނީ އެރަށުގައި ހުންނަ ޑުރަގް ރިހިބިލިޓޭޝަން ސެންޓަރުގައި ފަރުވާ ދެމުންދާ 3 މީހެކެވެ. މި ރަށްތަކުގެ ތެރެއިން އުލިގަމާއި، ތަކަންދޫ ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައެވެ.

ކިޔުންތެރިންގެ ހިޔާލު