އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

އެމްއެންޔޫގެ "ރިވެތި އާދަ ކޭމްޕް 2019" ނިންމާލައިފި

2 months ago

އިބްރާހިމް ޢަލީ


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ތުއްތުކުދިންނަށް އަމާޒުކޮށްގެން ސްކޫލްބަންދާދިމާކޮށް ކުރިއަށް ގެންދިޔަ "ރިވެތި އާދަ ކޭމްޕް 2019" ވަރަށް ކާމިޔާބުކަމާއިއެކު 10 ޑިސެމްބަރ 2019 ވީ އަންގާރަ ދުވަހު ނިންމާލައިފިއެވެ. މި ކޭމްޕްގެ ހަރަކާތްތައް ފެށިފައިވަނީ 08 ޑިސެމްބަރ 2019 ވީ އާދީއްތަ ދުވަހު ޖުމްލަ 40 ދަރިވަރުންނާއެކުއެވެ. ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ޕްރޮގްރާމް ފައްޓަވައިދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މި ކޭމްޕުގެ ފުރަތަމަ ދުވަހުގެ ހަރަކާތްތައް އަމާޒުކުރެވިފައިވަނީ ބައިވެރިންގެ ހިތްތަކުގައި ދީނީ އަޅުކަންކުރުމަށް ޝައުޤުވެރިކުރުވާ، އަޅުކަން ކުރާނެ ރަނގަޅުގޮތް އެ ކުދިންނަށް އުނގަންނައިދިނުމުގެ އިތުރުން ދީނީ ރިވެތި އާދަތައް ދަސްކޮށްދެވޭނެ ފަދަ ގޮތްތަކަށެވެ. މި ގޮތުން ބައިވެރިންނަށް އިސްލާމީ ރިވެތި ސަލާމުން ސަލާންކުރަން ދަސްކޮށްދިނުމާއި، ފުރިހަމަގޮތުގައި ވުޟޫކުރަން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުޢާތަކާއިއެކު ނަމާދުކުރަން ދަސްކޮށްދެވުނެވެ.

އަދި މި ކޭމްޕުގެ ދެވަނަ ދުވަހުގެ ހަރަކާތްތައް ކުރިއަށްގެންދެވިފައިވަނީ ޢަރަބި އަކުރުތައް މަޚްރަޖައަށް ކިޔަންދަސްކޮށްދިނުމަށާއި ތަޖުވީދަށް ޤުރުއާން ކިޔަވަން ދަސްކޮށްދިނުމާއި ހެނދުނާއި ހަވީރުގެ ޛިކުރުތައް ދަސްކޮށްދިނުމާއި އަދި މީގެ އިތުރުން ކެއުމާއި ބުއިމުގެ ރިވެތި އާދަތަށް ބައިވެރިންނަށް އުނގަންނައި ދެވޭނެ ފަދަ ގޮތަކަށެވެ.

މި ކޭމްޕްގެ ފަހު ދުވަހުގެ ހަރަކާތްތަކުގައި ޢަރަބި އަކުރުން އެކުއްޖެއްގެ އަމިއްލަ ނަން ލިޔަން ދަސްކޮށްދިނުމާއި، ދޮށީ އުމުރުގެ މީހުންނަށް ހެޔޮކޮށްހިތުމަށް ދަސްކޮށްދިނުމާއި، މީގެ އިތުރުން ގޭގެއަށް ޒިޔާރަތްކުރުމުގައި ގެންގުޅެންޖެހޭ ރިވެތި އާދަތައް ބައިވެރިންނަށް ދަސްކޮށްދެވުނެވެ. "ރިވެތި އާދަ ކޭމްޕް 2019" ހަރަކާތްތައް ނިންމާލުމަށްފަހު ހުރިހާ ބައިވެރިންނަށް ކޭމްޕްގައި ބައިވެރިވިކަމުގެ ސެޓްފިކެޓް ހަވާލުކުރެވުނެވެ. މި ސެޓްފިކެޓްތައް ބައިވެރިންނަށް ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސްޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ޕްރޮގްރާމުގައި 6 އަހަރާއި 7 އަހަރާ ދެމެދުގެ ޖުމްލަ 40 ކުދިން ބައިވެރިވިއެވެ.

މިއީ ތުއްތުކުދިންނަށް އަމާޒުކޮށްގެން ދިރިއުޅުމުގެ ރިވެތި އާދަތައް ދަސްކޮށްދިނުމުގެ ނިޔަތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މިފަދަ ބޮޑު އިވެންޓެއް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ. މި ކޭމްޕްގެ ތަޖުރިބާއަށް ބިނާކޮށް ކުރިއަށްއޮތްތަނުގައި މިފަދަ އެތައް އިވެންޓެއް ޔުނިވަރސިޓީ ފެންވަރުގައި އިންޝާ ﷲ ކުރިއަށްގެންދެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު