އެންމެ ފަހުގެ

ބޭރު ދުނިޔެ

އިރާޤާއި ސީރިޔާގައި 1100 އާންމުން މެރިކަމަށް އެމެރިކާއިން އެއްބަސްވެއްޖެ

2014ވަނަ އަހަރު އެމެރިކާ ސިފައިން ޢިރާޤާއި ސީރިޔާގައި ޢަސްކަރީ ޙަރަކާތްތައް އަލުން ފެށިފަހުން އެމެރިކާ އިން ދިން ހަމަލާތަކުގައި އެ ދެ ޤައުމުން 1100އަށް ވުރެ ގިނަ ޢާންމު ރައްޔިތުން މަރުވެފައިވާކަމަށް އެމެރިކާއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނެފި އެވެ.

1 year ago

ސީރިޔާގެ ދިފާއީ ބާރުތަކުން އިސްރާޢީލުގެ ހަމަލާތައް ހުއްޓުވައިފި

އިސްރާޢީލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ދިމިޝްޤުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް ދޭންފެށި ހަމަލާތައް ސީރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ފަހަތަށްޖައްސައި އެކަން ހުއްޓުވައިފި އެވެ.

1 year ago

ރަޝިޔާއިން އިސްރާޢީލަށް އިންޒާރު ދީފި

ސީރިޔާއަށް ވައިގެ ހަމަލާތައް ނުދިނުމަށް ގޮވާލާ ރަޝީޔާއިން އިސްރާޢީލަށް އިންޒާރުދީފި.

1 year ago

ވާހަކަ

ތަރައްޤީ ވަމުން އަންނަ ޤައުމުތަކަށް މާލީ އެހީ ބޭނުންވޭ- އެންވަޔަރަންމަންޓް މިނިސްޓަރ

3 months ago

އިބްރާހިމް ޢަލީ


އދ. މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ އަހަރީ ބައްދަލުވުން، ކޮޕް 25 ގައި ރޭ ތަޤްރީރުކުރައްވަމުން މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒުކުރުމަށްޓަކައި އިތުރު، އައު އަދި ކުރިޔަށް އަމާޒުކުރެވޭ ނުވަތަ ލަފާ ކުރެވޭ މިންވަރަށް ބޭނުންވާނެ މާލީ އެހީ ފަސޭހަ އަދި ޔަޤީންކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާކަމަށާއި ޕެރިސް އެގްރީމަންޓް މާނަ ހުރި އަދި ޢަމަލީގޮތެއްގައި ތަންފީޒު ކުރުމަށްޓަކައި އިތުރު، އައު އަދި ކުރިޔަށް އަމާޒުކުރެވޭ ނުވަތަ ލަފާ ކުރެވޭ މިންވަރަށް ބޭނުންވާނެ މާލީ އެހީ ފަސޭހަ އަދި ޔަޤީންކަމާއެކު ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ ޤައުމުތަކުގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ އެން.ޑީ.ސީ. ގެ އަމާޒުތައް ހާސިލުކޮށް އަދި އެމްބިޝަން އިތުރު ކުރުމަށްވެސް މާލީ އެހީތެރިކަން ބޭނުންވާ ކަމަށާއި، މިފަދަ އެހީތައް ނުލިބި އެމްބިޝަން އިތުރު ކުރުމަކީ އެއްވެސް މާނައެއް ނެތްކަމެއްކަމަށެވެ. އަދި މިކަމަށް ބޭނުންވާ ފައިސާގެ މަދު މިންވަރެއް މެނުވީ އަދިވެސް ހަމަޖެހިފައި ނުވާ ކަމަށާއި، އަދި ލިބެންހުރި މަދު މިންވަރުގެ ފައިސާ ހޯދުމުގައިވެސް ގިނަ ދަތިތަކާއި، ހުރަސްތައް ގިރާކުރަންޖެހޭ ކަމަށާއި މިއީ ޤަބޫލު ކުރެވޭނެ ކަންކަން ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސްޕެއިންގެ މެޑްރިޑްގައި މި މަހުގެ 02 އިން 13 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ އިޔާދަ ނުކުރެވޭނެ ގެއްލުންތަކަށް ޙައްލެއް ހޯދުމަށް ޤާއިމު ކުރެވިފައިވާ ބައިނަލްއަޤުވާމީ "ލޮސް އެންޑް ޑެމޭޖް" ނިޒާމަކީ ހަމައެކަނި އެގްރީމަންޓުގައި ލިޔެވިފައިވާ ފޮޅުވަތްތަކުގެ ބަދަލުގައި، މިނިޒާމު ތަންފީޒުކުރުމަށް އެންމެން އެއްބަސްވާން އެބަޖެހޭކަމަށާއި، ވަކިން ޚާއްސަކޮށް މުޅި ދުނިޔޭގެ އެންމެންގެ ޙައްޤުގައި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ ކާރިސާތަކާއި ކުރިމަތިލުމުގައި މިނިޒާމުގެ މަސައްކަތް، ލަސްވުމެއްނެތި އަވަސް ކަމާއެކު ތަންފީޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު